ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެކްސްކޮމްގެ އެމްއެއްސްއައި ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ގޭމިންގް ލެޕްޓޮޕެއް!

މެކްސްކޮމްގެ އެމްއެސްއައި ބްރޭންޑުގެ ލެޕްޓޮޕެއް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މެކްސްކޮމް ޓެކްނޮލޮޖީސްއިން ގޭމިންގްއަށް މަޝްހޫރު އެމްއެސްއައި ބްރޭންޑުގެ ލެޕްޓޮޕްތަކަށް ހާއްސަ ޕްރޮމޯޝަންއެއް ފައްޓައިފިއެވެ.

ރާއްޖޭގެ އައިޓީ ދާއިރާގައި 20 އަހަރު ހިދުމަތްކޮށްދީފައިވާ މެކްސްކޮމްއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން އެ ކުންފުނިންވަނީ އެމްއެސްއައި ބްރޭންޑަށް ރާއްޖޭގެ ރައްޔިތުން އަހުލުވެރިކުރުމުގެ ގޮތުންނާއި އެންމެނަށްވެސް އެ ބްރޭންޑުން ޕްރަޑަކްޓުތައް ބައްލަވައިގަނެވޭނެ މަގު ފަހިކުރުމުގެ ގޮތުން ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އަދި އެ ކުންފުންޏަކީ ރާއްޖޭގައި އެމްއެސްއައި ގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ ކަމަށާއި އޮތޮރައިޒްޑް ސަރވިސްވެސް އެ ކުންފުނިން ދޭނެކަމަށް ހާމަކޮށްފައިވެއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން އެމްއެސްއައި ބްރޭންޑަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަން ކުރިއަށް ދާނީ 8 ޖުލައި އިން ފެށިގެން އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މި ދުވަސްތަކުގެ ތެރޭގައި އެ ކުންފުނީގެ އައުޓްލެޓުތަކުން އެމްއެސްއައި ބްރޭންޑުން ކޮންމެ ލެޕްޓޮޕެއް ބައްލަވައިގަންނަވާ ފަރާތަކަށްވެސް ލަކީ ޑްރޯގައި ބައިވެރިވެވޭނެކަމަށާއި ގުރުއަތުން ގޮވޭ ނަސީބުވެރި ފަރާތަކަށް އެ ބްރޭންޑުގެ ގޭމިންއަށް ހާއްސަ ލެޕްޓޮޕެއް ލިބިގެންދާނެކަމަށް ބުނެފައިވެއެވެ.

މެކްސްކޮމްއިންވަނީ ޕްރޮމޯޝަން ކުރިއަށް ދާ ދުވަސްތަކުގައި އެ ކުންފުނީގެ އައުޓްލެޓްތަކުން ބައްލަވައިގަންނަވާ ކޮންމެ ލެޕްޓޮޕަކާއިއެކު ވަޔަލެސް މައުސްއެއްވެސް ލިބޭނެކަމަށް މައުލޫމާތު ދީފައިކަމަށްވާއިރު ކޮންމެ ލެޕްޓޮޕަކަށްވެސް 1 އަހަރު ދުވަހުގެ ވޮރެންޓީ ލިބޭނެކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

އެ ކުންފުންޏަކީ ރާއްޖޭގައި އައި.ސީ.ޓީ ދާއިރާގެ ހުރިހާ ޕްރޮޑަކްޓާއި ސޮލިއުޝަންތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޝަން އަދި ރީޓެއިލިންގ ފުޅާ ދާއިރާއެގައި ކުރާ ހަމައެކަނި ކުންފުނިކަމަށްވެސް ބުނެފައިވާއިރު، އެތަކެތީގެ ތެރޭގައި ކޮމްޕިއުޓަރ، މޮނީޓަރ، ލެޕްޓޮޕް، މޯބައިލްފޯން، ޓެބްލެޓް އަދި ކޮންސިއުމަރ ޑިވައިސްވެސް ހިމެނޭނެކަމަށާއި އެތަކެތީގެ އިތުރުން މެ ކޮމާރޝަލް، އެންޓަރޕްރައިސެސް އައި.ސީ.ޓީ ހާޑުވެއަރ އަދި ސޮފްޓްވެއަރ ސޮލިއުޝަން، ޑާޓާ ސެންޓަރ ސޮލިއުޝަން، ސީ.ސީ.ޓީވީ އަދި އެކްސެސް ކޮންޓްރޯލްގެ ޕްރޮޑަކްޓުތަކާއި ސާރވިސް އެއްމެ ފުޅާކޮން ރާއްޖޭގައި ދެމުންގެންދަނީވެސް އެ ކުންފުނިން ކަމަށް ހިއްސާކޮށްފައިވެއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 75%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: