ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމުގެ ތަރައްގީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަން: ޝަމީމް

ޕްރޮސެކިޔުޓާ ޖެނެރަލް ހުސެއިން ޝަމީމް: ފޮޓޯ - އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ތަރައްގީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަންގެ މައްސަލަތައްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމްގެ އަމިއްލަ ބްލޮގުގައި އާންމު ކުރެއްވި ލިއުމެއްގައި ވަނީ ދިވެހިރާއްޖޭގެ ތަރައްގީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަން ކަމަށެވެ. އަދި ކޮރަޕްޝަންގެ ސަބަބުން އިގްތިސާދީ، އިޖްތިމާއީ އަދި ސިޔާސީ ހަމަޖެހުމާއި ކުރިއެރުމަށް ވެސް އަސަރުކޮށް ދައުލަތަށް ކުރާ އިތުބާރު ކުޑަވެގެންދާކަން ޝަމީމް ފާހަގަކުރެއްވި އެވެ.

ޖިނާއީ އަދުލުގެ ނިޒާމު އެކުލެވިގެން ވަނީ ގިނަ ދައިރާތަކުގެ މައްޗަށްކަމަށްވާއިރު ޝަމީމް ވިދާޅުވީ މުޅި ނިޒާމު އެކީ މަސައްކަތް ކުރަން ޖެހޭތީ ދާއިރާގެ ތެރޭގައި ކިރިޔާ ވެސް ކޮރަޕްޝަނެއް އެކުލެވޭނަމަ ރައްޔިތުންގެ އިތުބާރަށް ނުރަނގަޅު އަސަރު ކުރާކަމާށެވެ.

މިކަން ހައްލު ކުރެވެން އޮތީ ޝަމީމް ވިދާޅުވި ގޮތުގައި ކޮންމެ ދާއިރާއެއް ވެސް ވަކީން، އަދި ހުރިހާ އިދާރާއެއް އެއްކޮށް ވެސް ކޮރަޕްޝަން ނައްތާލުމަށް ކުރާ ހަރަދަނާ މަސައްކަތުންނެވެ. ޝަމީމް ވިދާޅުވީ އެ މަސައްކަތާއި މެދު އިދާރާތަކުން ގެންގުޅޭ ސީރިއަސްކަން ރައްޔިތުންނަށް ފެނި އިހުސާސް ކުރެވެން ޖެހޭކަމަށެވެ.

ކޮރަޕްޝަން ނައްތާލުމަށް ޕީޖީ އޮފީހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތަފްސީލުތައް ދެއްވައި ޝަމީމް ވިދާޅުވީ ގޮތުން އޭގެތެރޭގައި އޮފީހުގެ މަސައްކަތްތުގެ ބަދަލުގައި ނިޒާމަށް ބަރޯސާވާ އުސޫލަކަށް ރުކުރުވާލުން ކަމަށެވެ.

އޮފީހުގެ ކޮންމެ ނިންމުމަކީވެސް ލިޔެފައި ހުރި އުޞޫލުތަކަކާއި އެސްއޯޕީތަކެއްގެ މައްޗަށް، މަދުވެގެން 3 މީހުންގެ ބައިވެރިވުން ހިމެނިގެން ނިންމާ ނިންމުމަކަށް ހެދުމެވެ. އޭރުން ކޮރަޕްޓް ވިޔަސް ވާނީ ތިން މީހުން އެއްކޮށެވެ. މިއީ، ވުމަށްވުރެ ނުވުން ގާތްކަމެކެވެ. ދެވަނައީ، ކޮންމެ މަސައްކަތެއް ކުރާ މީހަކުވެސް، އަހަރަކު އެއްފަހަރު ބަދަލުވުމެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި މަސައްކަތްކުރާ ޕްރޮސިކިއުޓަރު، މިއަންނަ އަހަރު ޖިންސީ ކުށުގެ މައްސަލަތަކުގައި މަސައްކަތްކުރަން ޖެހިދާނެއެވެ. މީގެ ބޭނުމަކީ ކޮރަޕްޓް ނެޓްވަރކެއް އުފެދުމަށް ފުރުސަތުވެސް ނުދިނުމެވެ. ތިންވަނަ ނިޒާމަކީ، މައުލޫމާތު ހާމަކުރުމެވެ. ޕީޖީ އޮފީހުގެ ފަލްސަފާއަކީ، ކޮންމެ ކަމެއްގެ އަސްލަކީވެސް ހާމަކުރުންކަމެވެ. އެހެން ގޮތަކަށް ގާނޫނުގައި ނުވަތަ މައްސަލައެއްގައި އަނިޔާ ލިބުނު މީހެއްގެ ހާއްސަ މަސްލަހަތަށް ނެތްނަމަ، ހުރިހާ މައޫލޫމާތެއް އާންމު ކުރުމެވެ. ޖަވާބުދާރީކުރުވަން ފުރުސަތު ދިނުމެވެ. މަޢުލޫމާތު އާންމުނުކޮށް، ޖަވާބުދާރީކުރުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

ކޮރަޕްޝަނުގެ މައްސަލަތަކާއި ގުޅޭގޮތުން ޝަމީމް ވާހަކަ ދެއްކެވި އިރު، އެންމެ ބޮޑު އެއް މައްސަލައަކީ އިދާރާތާތަކުގެ ތެރޭގައި ފެންމަތިވާ އެފަދަ މައްސަލަތަކުގެ ތަހުގީގު ކުރިޔަށް ނުގެންދެވުމެވެ. އަދި ތަހުގީގުކޮށް މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި ނަމަވެސް، މައްސަލަ ފުރިހަމަ ނުވާތީ ގިނަ ފަހަރަށް އަނބުރާ ފޮނުވާލަ އެވެ.

މިފަހުން ފެންމަތިވި ހިޔާނާތްތަކުގެ ތެރޭގައި، ހިމެނޭ ވެންޓިލޭޓަރުގެ ހިޔާނާތުގެ ދައުވާއަށް ވެސް ވެފައިވަނީ އެހެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: