ކައުންސިލްތަކުގެ ސައިޒު ކުޑަކޮށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ދެން އަންނަ ދައުރަކަށް ކުޑަކޮށް 77 އަށް ބަދަލު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެންސީ ހަރުގެ ޖަލްސާގައި ރައީސް ވިދާޅުވީ، ކުޑަ އާބާދީއެއް އޮންނަ ރަށްތަކުގައި ގިނަ އަދަދެއްގެ ކައުންސިލަރުން ހޮވުމުގެ ބަދަލުގައި ރައްޔިތުންގެ ވިންދާއި ގުޅުން ހުރި ބަދަލުތައް ގެނައުން މުހިންމުކަމަށެވެ.
ރައީސް ވިދާޅުވީ މިހާރު އަތޮޅު ކައުންސިލަރު ހޮވަނީ އެންމެ ރަނގަޅު އުސޫލުގެ ތެރެއިންނެއް ނޫންކަމަށެވެ.
އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ސައިޒު ވެސް އެބަޖެހޭ ހަމަޔަކަށް އަޅުވަން.. އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދައްނަވަން، އަޅުގަނޑުމެންގެ މެމްބަރުން އަމިއްލަ އިސްނެންގެވުމަށް ގަރާރެއް ވެސް ހުށަހަޅައި ހިޔާލު ހޯއްދަވައިފި.. މިހާރު މިދާ ގޮތަށް ދަންޏާ 100 އަށް ވުރެ ވެސް މައްޗަށް އަރައިގެން.. އެއަށް ވުރެ ވެސް މައްޗަށް އަރާ، އާބާދީ ބޮޑުވާވަރަކަށް.. އެއީއެއް މާނައެއް ހުރިކަމެއް ނޫން.. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ކުޑަކުރާއިރު މާ ކުޑަކޮށްލުމަކީ ވެސް ރަނގަޅުކަމެއް ނޫން
ރައީސް ވިދާޅުވީ، އެންމެ ރަނގަޅު ގޮތަކީ 77 ގެ ރޭންޖުގައި މެމްބަރުން ހޮވުން ކަމަށެވެ.

