ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުގެ ސައިޒު ކުޑަކޮށް، ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް މަޖިލީހަށް ހުށަހަޅަނީ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކައުންސިލްތައް ކުޑަކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީ ހަރުގެ ޖަލްސާގައި ރައީސް ވިދާޅުވީ، ގައުމުގެ ކަންކަން ބައްޓަންވާން ޖެހެނީ ރައްޔިތުން އެދޭ ގޮތަށްކަމަށެވެ. އަދި ހަރަދު ކުޑަކޮށް، ގައުމަށް ކަތާވަރަށް އިގްތިސާދު ހިންގުމުގެ ވާހަކަތައް ދައްކާއިރު އެއާއި އެކު ގެންނަން ޖެހޭ ބަދަލުތަކެއް އެބަހުރިކަން ރައީސް ފާހަގަކުރެއްވި އެވެ.

އެގޮތުން ރައީސް ވިދާޅުވީ، ސިޔާސީ ނިޒާމާއި ދުސްތޫރީ ނިޒާމު ރޭވިފައި އޮތް ގޮތުން ދައުލަތުން ވަރަށް ގިނަ ހޭދަތައް ކުރަން ޖެހޭ ދާއިރާތައް އެބަހުރިކަމަށެވެ. އޭގެ ތެރޭގައި ބޮޑެތި އިންތިހާބުތައް ބޭއްވުމަށް ކުރާ ހަރަދުތަކާއި، ކައުންސިލްތަކަށް ކުރާ ހޭދަ ރައީސް ފާހަގަކުރެއްވި އެވެ.

ކައުންސިލްތަކުގެ ސައިޒު ކުޑަކުރަން އެބަޖެހޭ.. ކައުންސިލްތައް، ނުކަތާހާ ބޮޑު.. ވަރަށް ބޮޑު.. ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމަކީ ރައްޔިތުންގެ ޓްރޫ ރިޕްރެޒެންޓޭޝަން، ދޫކޮށްލުމެއް ނޫން.. އެއްގޮތަކަށް ވެސް އެހެނެއް ނޫން.. މިސާލަކަށް ބުނާނަމަ މުޅި ގައުމުގެ ކަންކަން ނިންމަން މި ހޮވާމީހާ ހޮވަނީ އެންމެ މީހެއް.. އެހެންވީމަ ރަށެއްގެ 300 މީހުން، 700 މީހުން، 1000 މީހުންގެ ރަށެއްގައި ފަސް މީހުން، ހަތް މީހުން ހޮވުމަކީ ހަރަދު ބޮޑުކަމެއް..

ރައީސް ވިދާޅުވީ ކައުންސިލް ރައީސަކާއި، ނައިބެއް ހޮވުމުން ކުޑަ އާބާދީއެއް ރަނގަޅަށް ބެލެހެއްޓޭނެކަމަށެވެ. އަދި ސިޓީތަކާއި، އަތޮޅުތަކަށް ވަކި އުސޫލެއް ގެނައުމުން މިހާރަށް ވުރެ އެތައް ގުނައަކުން ހަރަދުތައް ކުޑަކުރެވިގެން ދާނެކަމަށެވެ.

ކައުންސިލްތައް ޒިންމާދާރުކަމާއި އެކު، ރައްޔިތުންގެ އަތްފޯރާފަށަށް ގެނައުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކެއް ހުރިއިރު އެ ހުށަހެޅުންތައް މަޖިލީހަށް ވަރަށް އަވަހަށް ހުށަހަޅުއްވާނެކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އަތޮޅު ކައުންސިލްތައް މިހާރު ހޮވަނީ އެއްވެސް މާނައެއް ހުރި ގޮތަކަށް ނޫންކަމަށެވެ.

އެހެންކަމުން އެކަމަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާނެކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ މިފަދަ ބަދަލުތަކުގެ ސަބަބުން އޭގެ ފައިދާ ކުރާނީ ވެސް ރައްޔިތުންނަށް ކަމަށެވެ. އަދި އެ ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނައުމަށް، ފައިސާތައް ވެސް ހުންނާނެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: