ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުން ބޭރުގެ ދަރަންޏަށް އަހަރަކު 400 މިލިއަން ޑޮލަރު އަދާކުރަން ޖެހޭ: ސައީދު

ޕީއެންސިއިން ބޭއްވި ބައްދަލުވުމުގެ ތެރެއިން ވަޒީރު ސައިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުން ބޭރުގެ ދަރަންޏަށް އަހަރަކު 400 މިލިއަން ޑޮލަރު އަދާކުރަން ޖެހޭކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ޕީއެންސީ ޖަލްސާގައި މިނިސްޓަރ ވިދާޅުވީ، ދަރަނީގެެ ގޮތުގައިހުރި 8 ބިލިއަން ޑޮލަރގެ 60 އިންސައްތަ އަކީ އެމްޑީޕީގެ ސަރުކާރުގެ ދަރަނި ކަމަށާއި ބާކީ 40 އިންސައްތަ އަކީ ރާއްޖޭގެ ތާރީހުގައި މިއަދާއި ހަމައަށް ވެރިކަން ކުރައްވަމުން އައި ބަޔަކަށް ނިސްބަތްވެފައިވާ ދަރަނި ކަމަށެވެ. އަދި ނިމިދިޔަ އަހަރުތަކުގައި ޑޮމެސްޓިކްގެ 4 ބިލިއަނާއި އިންޓަނޭޝަނަލް އެކްސްޕޯޝާ ފޮރިންގެ 4 ބިލިއަން ދަރަނި ހިމެނިފައިވާކަން ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން 2024 ވަނަ އަހަރުން ފެށިގެން 2026 ވަނަ އަހަރާއި ހަމައަށް، އަހަރަކު 400 މިލިއަން ޑޮލަރު ދައުލަތުން ބޭރުގެ ދަރަނީގެ ގޮތުގައި ދައްކަންޖެހޭ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.

ބޭރުގެ ދަރަނިއަށް ބަލާއިރު ގާތް ގަނޑަކަށް 2024 ވަނަ އަހަރުން ފެށިގެން 2026 އަށް، މާނައަކީ މި އަހަރާއި އަންނަ އަހަރާއި ދެން އަންނަ އަހަރުގެ ނިޔަލަށް، އަހަރަކު މި ދައުލަތުން ބޭރުގެ ދަރަނި އަދާކުރަން އެބަޖެހެއޭ 400 މިލިއަން ޑޮލަރު

ވަޒީރު ވިދާޅުވީ މިހުރިހާ ދަރަނިއަކީ ރައީސް މުއިއްޒުއަށް ވާރުތަވެފައިވާ ކަންތައްތަކެއް ކަމަށެވެ. 2026 ވަނަ އަހަރު ބޭރުގެ ދަރަނީގެ ގޮތުގައި 1 ބިލިއަން އެމެރިކާ ޑޮލަރު އަދާކުރައްވަންޖެހޭ ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ. 1 ބިލިއަން ޑޮލަރުގެ އަދަދަކީ އެއްފަހާރާ ދައްކަންޖެހޭ އަދަދެއް ކަމަށާއި 1 ބިލިއަން ޑޮލަރުގެ ތެރެއިން 500 މިލިއަން ޑޮލަރަކީ އެމްޑީޕީގެ ސަރުކާރުން ނަގައިފައިވާ ސުކޫކެއް ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ.

އެ 500 މިލިއަން ޑޮލަރުގެ އިތުރަށް 100 މިލިއަން ޑޮލަރުގެ ، ޕްރައިވެޓް ޕްލޭސްމެންޓެއް ނުވަތަ އިތުރު ދެފެސިލިޓީއެއް ލޯނުގެ ގޮތުގައި ނަގައި އެ 100 މިލިއަން ޑޮލަރުވެސް އެބަ ޑިއުވޭ 2026 އަށް

ވަޒީރު ވިދާޅުވީ، ނިމިދިޔަ އިންތިޙާބުގައި ރައީސް މުއިޢްޒު ދެއްކެވި ވާހަކަ ރައްޔިތުން ކަނުލައި އަޑުއެއްސެވި ކަމަށާއި، މި ޙާލަތު ގޯސްވެގެން ދިޔަކަން ރައްޔިތުން ޤަބޫލުކުރެއްވި ކަމަށެވެ. މީގެ އިތުރުން ވަޒީރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރެއްވި އިރު ވާރުތަވި ބޮޑު ތިން ކަމެއްއޮތް ކަމަށެވެ. އެއީ އާދަޔާ ހިލާފަށް ނުރައްކާތެރިވާ ހިސާބަށް ވެއްޓިފައި އޮތް ދަރަންޏާއި، ރާއްޖެ މެނޭޖް ކުރަން ނޭނގުމާއި، ލީޑަރޝިޕް ފެއިލްވުމާއި ރާއްޖޭގެ ފައިސާ މެނޭޖް ކުރަން ނޭނގުން ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ.

ރައީސް މުހައްމަދު މުއިއްޒު 17 ނޮވެންބަރު 2023ގައި ވެރިކަމުގެ ހުވާ ކުރެއްވި އިރު ވާރުތަވީ ބޮޑު ތިން ކަމެއްގެ ވާހަކަ އަޅުގަނޑު ދަންނަވާލާނަން، އެއް ކަމަކީ އާދަޔާ ހިލާފަށް ރާއްޖެ ވެއްޓިފައި އޮތް ދަރަނި، އަނެއް މައްސަލައަކީ ރާއްޖެ މެނޭޖް ކުރަން ނޭނގުން ނުވަތަ ޓޯޓަލް ލީޑާޝިޕް ފެއިލިއާއެއް، އެ މަނިކުފާނަށް ވާރުތަވި، އަނެއް މައްސަލަ އަކީ ރާއްޖޭގެ ފިސްކަލް ހާލަތު ނުވަތަ ފައިސާ މެނޭޖް ކުރަން ނޭނގި އޮތް އޮތުން،

ވަޒީރު ވިދާޅުވީ، އެހެން ނަމަވެސް މިހާރު ގައުމެއް ހިނގާކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވޭނެ ކަމަށެވެ. އަދި ގައުމު އޮޔާ ނުދާކަން ރައްޔިތުންނަށް އެނގޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހިސާބަށް ގައުމު އައި އިރު  އެކި އިރު ވެރިކަން ކުރެއްވި ބޭފުޅުން ހަގީގަތްތައް ފޮރުވަމުންދާކަން އެނގިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް މިއަދު ފެނިގެންދާ ތަފާތަކީ ރައީސް މުއިއްޒު ތަފްސީލުކޮށް ކަންކަން ދުވަހުން ދުވަހަށް ބައްލަވަމުން ގެންދަވައި ކަމާއި މައުލޫމާތު ހާމަ ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: