ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބަލައި، އެއީ ކޮންމެ މީހަކަސް ހައްގު އަދަބު ދޭނަން: ރައީސް

މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޖަލްސާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލަ ބަލައި، ހައްގު އަދަބު ލިބެން ޖެހޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހިނގި އެމްއެމްޕީއާރުސީ ހިޔާނާތުގެ ތުހުމަތުތައް އެންމެ ބޮޑަށް ކުރެވެނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކޯޕަރޭޝަނުގެ އޭރުގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތަށެވެ. ދެ ބޭފުޅުންނަށް ވެސް މައްސަލައިގައި ހުކުމެއް އައިނަމަވެސް، ކުރީ ސަރުކާރުން ދައުރު ނިންމާލީ މައާފު ދީ މިނިވަން ކުރުމަށް ފަހު އެވެ.

ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ބުނާ ލިސްޓެއް ދައުރުކޮށް، އެކަމުގައި ހިމެނޭ މީހުންނަށް އަދަބު ދޭނެކަމަށް ބުނި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވެސް މައްސަލަ ނުބެލުނެވެ. ހިޔާނާތުގެ ފައިސާއިން މަންފާ ނެންގެވިކަމަށް ބުނެ، އެމަނިކުފާނުގެ ސަރުކާރުގައި ދެ ފަހަރެއްގެ މަތީން ހުކުމެއް އައީ ރައީސް ޔާމީނަށެވެ.

އޭގެތެރެއިން އެ މައްސަލައިން އެމަނިކުފާނު އެއްކޮށް މިނިވަންވި ނަމަވެސް، ދެވަނަ ހުކުމް އަލުން ބަލަން ހައިކޯޓުން އޮތީ ހުކުމްކޮށްފަ އެވެ. އަދި އިތުރު މައްސަލައެއް ކްރިމިނަލް ކޯޓުގައި އަދިވެސް ދަނީ ކުރިޔަށެވެ.

ޕީއެންސީ ހަރުގޭގައި އޮތް ޖަލްސާގައި، ހިޔާނާތުގެ މައްސަލައިގެ ވާހަކަ ރައީސް މުއިއްޒު ދެއްކެވީ ހިޔާނާތުން ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް އެސެޓް ރިކަވަރީ ބިލެއް އެކުލަވާލާނެކަން ހާމަކުރައްވަމުންނެވެ. ރައީސް ވިދާޅުވީ މިހާރު ގާނޫނުތައް އޮތް ގޮތުން، ދައުލަތަށް ގެއްލުނު ފައިސާ ހޯދުމުގައި ދަތިތަކެއް އެބަހުރިކަމަށެވެ. އެ ފައިސާ ހޯދުން އެއީ އެމަނިކުފާނުގެ ވައުދެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުން މިހާރު އެސެޓް ރިކަވަރީ ބިލެއް ޑްރާފްޓު ކުރަމުންދާ ކަމަށެވެ.

އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ފައިސާ ހޯދަން. އެމްއެމްޕީއާރްސީގެ މައްސަލަ މީގެ ތެރެއިން ބަލާއިރު އެންމެ ބޮޑު މައްސަލައަކީ. އެ ވައްކަން ކުރި ފަރާތްތައް ދެނެގަނެ، އެއީ ކޮންމެ މީހެއްކަމުގައި ވިޔަސް އެމީހަކަށް ދޭންޖެހޭ ހައްގު އަދަބު މި ސަރުކާރުން ދީ އެ ފައިސާ ރައްޔިތުންނަށްޓަކައި ހޯދުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން

ރައީސް ވިދާޅުވީ އެ ފައިސާ ހޯދަން ބޭނުންވަނީ، ރައްޔިތުންނަށްޓަކައި ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގި މީހުންނާއި، އެ މަންފާ ލިބުނު މީހުންނަށް ހައްގު އަދަބު ދޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުތައް ކުރިޔަށް ގެންދާނީ، އިންސާފުވެރިކަމާއި އެކު ކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ދައުލަތުގެ މުދާތައް ނަހަމަގޮތުގައި ވިއްކައި، ކުޑަ އަގުގައި ވިއްކުމަށް ފަހު ފައިދާ ހޯދައި މަންފާ ނެގި މީހުންގެ އަތުން މުދާތައް ހޯދާނެކަމަށެވެ. އަދި އެ މުދަލާއި ފައިސާ ރިކަވަރ ކުރުމަށް ފަހު އޭގައިން ރައްޔިތުންނަށް މަންފާވާނެ މަގު ތަނަވަސްކޮށްދޭނެ ކަމަށެވެ.

ވަރަށް ގަދަ
78%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 11%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: