ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމު ހިންގަން ނޭނގިގެން، ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ކަންކަން ހިންގަންނޭގިގެން ޤައުމު ބަނގުރޫޓުގެ މަގަށްފުރޮޅެން ފެށުުމުން ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ހައްލެއް ނޫންކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަށްރަށުގެ ޢާންމުހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނިކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންހިންގުމުގެ ބާރު އެފިނިކޮޓަރިއަށް ޖަމާކުރުމަށް އެއްބަސް ނުވެވޭނެ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި، ރައްޔިތުންގެ ބާރު ކަނޑުވާލަން އެއްބަސް ނުވެނޭކަމަށާއި ދައުލަތުގެކަންކަން ހިންގަންނޭގިގެން ޤައުމު ބަނގުރޫޓުގެ މަގަށް ފުރޮޅެން ފެށުމުން ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ އެއްވެސް ވަރަަކަށް ރަނގަޅު ގޮތެއް ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ.

ޕީއެންސީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ސިޔާސީ ނިޒާމާއި ދުސްތޫރީ ނިޒާމު ރޭވިފައި އޮތް ގޮތުން ދައުލަތުން ވަރަށް ގިނަ ހޭދަތައް ކުރަން ޖެހޭ ދާއިރާތައް އެބަހުރިކަމަށެވެ.

އޭގެ ތެރޭގައި ބޮޑެތި އިންތިހާބުތައް ބޭއްވުމަށް ކުރާ ހަރަދުތަކާއި، ކައުންސިލްތަކަށް ކުރާ ހޭދަ ރައީސް ފާހަގަކުރެއްވި އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ސައިޒު ބޮޑުވަމުންދާ ދިއުން ހުއްޓުވުމަކަށް ގެނައުމަށް ގާނޫނުތަކަށް އިސްލާހު ހުށަހަޅުއްވާއިރު، އެމަޖިލިސް އޮތުން އެންމެ ރަނގަޅު ސައިޒަކީ އައު ގާނޫނުއަސާސީއާއެކު ގެނައި މަޖިލިހުގެ ސައިޒުކަމަށް ދެކެވަޑައިގަންނަވާކަމަށް ރައީސް ވަނީ ވިދާޅުވިއެވެ. ރައީސް މުއިއްޒު ވިދާޅުވީ، އެއީ 77 މެމްބަރުން ނުވަތަ އެވަރުގެ ސައިޒެއްކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: