ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮލެޖުތަކާއި ޔުނިވާސިޓީތައް ބިނާކުރަން ބިން ކަނޑައަޅައިދޭންޖެހޭ: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮލެޖުތަކާއި އެފަދަ ތަންތަން ބިނާކުރަން ބޭނުންވާ ފަރާތްތަކަށް ދައުލަތުން ބިން ކަނޑައަޅައި ހަވާލުކުރަން މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ޝުޖާއު ވަނީ ދިވެހިރާއްޖޭގައި ތިބެގެން މަތީ ތައުލީމު ހާސިލުކުރެވޭނެ މަގު ފަހިކޮށްދެއްވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަރަށް އަހައްމިއްޔަތު ދެއްވާކަން ހާމަކުރައްވާފައެވެ.

މީގެ ކުރިން ސަރުކާރުތަކުން ދާއިރާ ކުރިއެރުވުމުގެ ގޮތުން ކޮށްފައިވާ މަސައްކަތްތަކާއިމެދު ޝުޖާއު ސުވާލު އުފެއްދެވިއެވެ. އޭނާ ވިދާޅުވީ، ރާއްޖެއިން ބޭރަށް ކުރަމުންދާ ހޭދައާއިމެދު ވިސްނަންޖެހިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހި ދަރިން ބޭރު ގައުމުތަކަށް ފޮނުވަން ޖެހެނީ އެވަރަށް ތައުލީމު ލިއްބައިދެވޭނެ މިންގަނޑަށް ސަރުކާރުން ޕްރައިވެޓް ސެކްޓަރ ބާރުވެރިކޮށްފައިނުވާތީކަމަށެވެ.

އޭނާ ވިދާޅުވީ ނިމިދިޔަ ސަރުކާރުން ދިޔައީ ހިލޭ ޑިގްރީއޭ ކިޔާފަ ޕްރޮގްރާމެއް ހިންގާލާފައި ކަމަށެވެ. އެހެންނަމަވެސް އެ ވެރިކަން ނިމިގެންދިޔައީ އިނދަ ޖެހިގެންކަމަށްވެސް ފާހަގަކުރެއްވިއެވެ. ޝުޖާއު ވިދާޅުވި، އެ ދުވަސްވަރު ބައެއް ކޮލެޖުތައް ތަޅު އެޅިގެންދިޔަ މަންޒަރުވެސް ފެނިފައިވާނެކަމަށާއި ދިވެހި ދަރިވަރުންނަށް ރާއްޖޭގައި ތިބެގެން ތައުލީމު ހާސިލުކުރެވޭނެ މަގު ފަހިކޮށްދެއްވުން މުހިންމުކަމަށް ރައީސް އަށް ފެނިވަޑައިގެންނެވީ އެ ސަބަބުތަކާއި ގުޅިގެންކަމަށް ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، ޕްރައިވެޓް ސެކްޓާރއަށް އިންވެސްޓުކޮށްގެން ކޮލެޖުތައް ޔުނިވާރސިޓީއަކަށް ހަދައިދީ މި ދާއިރާއިން ކުރިއެރުންތައް ގެނެސްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދޭންޖެހޭކަމަށްވެސް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި، ރައީސް ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު އިސްލާހުކުރެއްވުމަށް ފޮނުއްވީ އެކަންކަން ގަބޫލުކުރައްވާތީކަމަށެވެ.

އޭނާ ވިދާޅުވީ ހުށައަޅާފައިވާ އިސްލާހުތަކުގެ ދަށުން ހުރިހާ ފަންތިތަކަށް ތައުލީމީ ގޮތުން ރައްކައުތެރިކަން ކަށަވަރުވެގެންދާކަމަށާއި ޖިންސު ތަފާތުކުރުމެއް ނެތި ނުކުޅެދުންތެރިކަމާއި ކުޅެދުންތެރިކަމާއި ތަފާތުކުރުމެއް ނެތި ރައްކައުތެރިކަން ކަށަވަރުކޮށްދީ ގާނޫނު އިސްލާހު ކުރައްވާފައިވާކަމަށް ވިދާޅުވިއެވެ. އަދި ހެޔޮ ނިޔަތުގައި މަތީ ތައުލީމަށް މަސައްކަތްކުރާ ވެރިޔަކު އަމަލުކުރާނީ މި ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: