ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައި.ސީ.ސީ.ޕީ.އާރުގެ ދެވަނަ ޕީރިއަޑިކް ރިވިއުގައި ރާއްޖެއިން ބައިވެރިވެއްޖެ!

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އ.ދ. ގެ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައި.ސީ.ސީ.ޕީ.އާރު.) ގެ ދަށުން، 2022 ގައި ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ދެވަނަ ޕީރިއޮޑިކް ރިޕޯޓު އ.ދ. ގެ ހިއުމަން ރައިޓްސް ކޮމިޓީން ރިވިއުކުރުމަށްޓަކައި 9 ޖުލައި 2024 އިން 10 ޖުލައި 2024 އަށް، ސްވިޓްޒަރލޭންޑްގެ ޖެނީވާގައި ބޭއްވި ރިވިއު ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

އެޓާރނީ ޖެނެރަލްގެ އޮފީހުން މައުލޫމާތު ދީފަިއވާގޮތުން އައި.ސީ.ސީ.ޕީ.އާރު.ގެ ދަށުން ހުށަހަޅާފައިވާ ދެވަނަ ޕީރިއޮޑިކް ރިޕޯޓަކީ އެ މުއާހަދާގެ ދަށުން ކަށަވަރުކޮށްދޭ މަދަނީ އަދި ސިޔާސީ ޙައްޤުތަކާއި މިނިވަންކަން އެގޮތަށް ލިބިދިނުމަށްޓަކައި، ޖުލައި 2012 އިން މާރިޗު 2022 ގެ ނިޔަލަށް ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާގުޅޭ މަޢުލޫމާތު ހިމަނައި، އ.ދ. ގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅާފައިވާ ރިޕޯޓެއްކަމަށެވެ.

ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށްދިޔަ މި ރިވިއުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިތުރުން ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަންގެ މަންދޫބުންވެސް ހިމެނޭ ގޮތަށް ސަރުކާރުގެ ހައި-ލެވެލް ވަފުދެއް މި ބައްދަލުވުމަށް ވަޑައިގެންނެވިކަމަށާއި މި ވަފުދުގައި ހެޑް އޮފް ޑެލެގޭޝަންގެ ގޮތުގައި އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަޙްމަދު އުޝާމްވެސް ހިމެނިވަޑައިގަންނަވާކަމަށާް މައުލޫމާތު ދީފައިވެއެވެ.

އޭޖީ އޮފީހުން ބުނެފައިވާގޮތުން އެޓާރނީ ޖެނެރަލް އުޝާމްވަީ މި ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަދައްކަވާފައިކަމަށެވެ. އޭނާ ވިދާޅުވީ، އިސްލާމްދީނަކީ ދިވެހި ރައްޔިތުކަމުގެ މައިގަނޑު އެއް އަސާސްކަމަށާއި، އެއީ ދިވެހި މުޖުތަމަޢުގައި ބަދަލުކުރުމަށް ޖާގަ ނުދެވޭނެ އަޞްލެއްކަމަށެވެ. އަދި ރާއްޖެ ހިންގުމުގެ ނިޒާމާއި، ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އަލި އަޅުއްވާލައްވައި، ދިވެހިރާއްޖޭގައި އައި.ސީ.ސީ.ޕީ.އާރު. ގެ ޙައްޤުތައް ލިބިދެވޭނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، އިސްލާމްދީނުގެ އަޞްލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމަށްވެސް އުޝާމްވަނީ ބައްދަލުވުމުގައި ހިއްސާކުރައްވާފައިކަމަށްވެސް ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: