ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ވިލިމާލޭގައި ހިންގުމަށް ނިންމައިފި

މާލެ ސިޓީ ކައުންސިލްގެ ޖަލްސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން ހިންގާ ޤުރުއާން ކްލާސްތައް ވިލިމާލޭގައި ހިންގޭނެ އިންތިޒާމު ހަމަޖައްސައިދޭން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 153 ވަނަ ޖަލްސާގައި ވަނީ ވިލިމާލޭގައި ކީރިތި ޤުރުއާން ކުރިއެރުމަށްޓަކައި، ޤުރުއާން ކްލާސްތައް ހިންގުމަށް ވިލިމާލޭގައި ހުންނަ ބިއްރު މިސްކިތު ހޯލް ހަމަޖައްސައި ދިނުމަށް ފާސްކޮށްދިނުމަށް ޖަލްސާގައި ބައިވެރިވަޑައިގެން ހުރިހާ މެމްބަރުންގެ ތާއިދާއެކު ފާސްކޮށްފައެވެ.

ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން ޢާޒިމް ވިދާޅުވީ، ވިލިމާލޭގައި ޤުރުއާން ކިޔަވައިދިނުމަށް ބޭނުންވާ ބައެއް ވަސީލަތްތައް ހަމަޖައްސައިދެއްވުމަށް ޤުރުއާނާއި ބެހޭ މަރުކަޒުން އެދިވަޑައިގަންފައިވާ ކަމަށެވެ. އާޒިމް ފާހަގަކުރެއްވީ ޤުރުއާނާއި ބެހޭ މަރުކަޒުން ބުނިގޮތުގައި މިވަގުތު ބަޖެޓްގައި ދަތިތަކެއް ހުރުމުގެ ސަބަބުން ޤުރުޢާން ކްލާސް ހިންގުމަށް ވިލިމާލޭގައި ތަނެއް އަޅައިދިނުމަކީ ދަތި ކަމެއް ކަމަށެވެ.

“ ޤުރުއާނާއި ބެހޭ މަރުކަޒުން އެދިފައި އެބައިން، ޤުރުއާން ކުރިއެރުވުމަށް ވިލިމާލޭގައި ތަނެއް ބޭނުންވާކަމަށް، މިވަގުތު ބަޖެޓު ހުރި ގޮތުން ތަންތަން އަޅައިގެން އެކަން ކުރުމަކީ އުނދަގޫކަމެއް ކަމަށް ވަނީ ބުނެފައެ، އަޅުގަނޑުވެސް ދެކޭ ގޮތުގައި ހޯލެއް ހުރިއްޔާ ވިހާވެސް އަވަހަކާ އެ ހޯލެއް ދިނުމަކީ މުހިންމު ކަމެއް “ އާޒިމް ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންވެސް ވަނީ އެ ވުޒާރާއާއި ގުޅުން ހުރި ކަންކަން ހަރުދަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އެތައް އުސޫލެއް އެކުލަވާލާ ގެޒެޓް ކޮށްފައެވެ. އޭގެ ތެރޭގައި ޙާފިޠުން އިމްތިޙާނު ކުރުމުގެ އުސޫލު އެކުލަވައިލުމާއި އަދި ދިވެހިރާއްޖޭގައި އިމާމުވެ ހުކުރުނަމާދާއި ޢީދުނަމާދާއި ކޭތަނަމާދު ކުރުމަށް ހުއްދަ ދިނުމުގެ އުސޫލުވެސް ވަނީ އެކުލަވައިލާފަައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: