ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ހަދަން ހުށަހަޅައިފައިވާ އެތައް ރައްޔިތެއްގެ އެޕްލިކޭޝަން މަޑުޖެހި، ޑީއެންއާރުގެ ބެކްލޮގް އޮތީ ބޮޑުވެފައިކަމަށް ދާޙިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ޑީއެންއާރުއަކީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދާ އިދާރާ އެވެ. އެ އިދާރާގެ މަސައްކަތަކީ ދިވެހިންގެ ރިކޯޑް ބެލެހެއްޓުމެވެ. އެ ވުޒާރާއިން ބުނެފައިވަނީ ކުރީ ސަރުކާރުުގެ ވެރިކަން ނިމި، މި ސަރުކާރުން ދައުލަތުގެ އިދާރާތަކާއި ހަވާލުވިއިރު، ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، ޑީއެންއާރު ހިންގުމުގައި ހުރި އުނި އެތައް ކަމެއްގެ ސަބަބުން މުޅި ސިސްޓަމް އޮތީ މަޑު ޖެހިފައި ކަމަށެވެ.
މި ސަރުކާރުން އެތަނާއި ހަވާލުވެވަޑައިގެން، ޑިއެންއާރުގެ މަސައްކަތްތައް ދާޙިލީ ސަލާމަތާއި، ފަންނާ ބެހޭ ވުޒާރާއަށް ބަދަލުކޮށް، އެތަނާއި ހަވާލުވެޑައިގަތީ އެ މިނިސްޓްރީގެ ޑެޕިއުޓީކަމަށް އަޙްމަދު އަލީކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އެގޮތުގެ މަތިން އެތަނުގެ މަސައްކަތް އަވަސް ކުރުމާއި ޑިޕާޓްމެންޓްތަކުގެ ދުވެލި އަވަސް ވެގެން ދިޔަކަން ވަނީ ފާހަގަކުރައްވައިފައެވެ. އެ ވުޒާރާއިން ބުނެފައިވަނީ 17 ނޮވެންބަރ 2023 ވަނަ ދުވަހާއި ހަމައަށް 3،348 އައިޑީ ކާޑުގެ ބެކްލޮގް ކްލިއަރކޮށް، ކަންކަން ހިނގުމުގައި ރަނގަޅު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެ ވުޒާރާއަށް ގެނަ ބަދަލުތަކުގެ ތެރޭގައި ބެކްލޮގް އެއްކޮށް ކްލިއަރ ކުރެވިގެން ދިޔަކަން ވަނީ ފާހަގަކުރައްވައިފައެވެ. އަދި އައިޑީ ކާޑް މުއްދަތު ހަމަވެގެން ނުފުރިގެން ހުންނަން ޖެހުމާއި އިތުރު އަސާސީ ޚިދުމަތްތަކުން މަޙްރޫމްވާ ފަރާތްތަކަށް, އެ ޚިދުމަތަކީ އަވަސް ޚިދުމަތަކަށް ހެދުމަށް އައިޑީކާޑު 24 ގަނޑިއިރު ތެރޭގައި ލިބޭނެ ގޮތް ފަހިކޮށްދެއްވާފައިވާ ކަމަށް ވަނީ ބުނެފައެވެ. އެކަމުގެ ނަތިއްޖާއެއްގެ ގޮތުން ގިނަ ބަޔަކު އެ ވުޒާރާއަށް ކުރާ އިތުބާރު އަދި ތަރުހީބު ލިބިގެން ދިޔަކަން ވަނީ ފާހަގަކުރައްވައިފައެވެ.
“ އަހަރެމެން މުޅި ޓީމްގެ އާމާޒަކަށް ހެދީ 24 ގަނޑިއިރު ތެރޭގައި އައިޑީ ކާޑް އަތަށް ދޭން. ގޭގައި ތިބެ އޮންލައިންކޮށް އެޕްލައިކޮށްގެން މިހާރު އައިޑީ ކާޑް ފަސޭހަކަމާއެކު ހައްދާލެވޭނެ“ އަލީ ވިދާޅުވިއެވެ.
ކޮވިޑް-19 އާއެކު ޑީއެންއާރުގެ މުޅި މަސައްކަތް އޮންލައިކޮށް ބަދަލުކުރެވުމާއެކު ކައުންސިލްތަކާއެކު ކުރިން ޑީއެންއާރުން ގެންގުޅެމުން އައި ގުޅުން ކެނޑި، މިހާރު އައިޑީ ކާޑަށް އެޕްލައިކުރުމަށް ހަމަޖައްސައިފައިވަނީ އޮންލައިންކޮށް ކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. މި ކަމުގެ ސަބަބުން ބޮޑެތި އާބާދީގެ ރަށްތަކަށް ލުއި ތަކެއް ލިބިގެން ދިޔައެވެ. ނަމަވެސް އޮންލައިން ޕޯޓަލް ތާއާރަފު ކުރުމާއެކު އުމުރުން ދުވަސްވީ މީހުންނަށް އައިޑީކާޑު ލިބިގަތުމުގެ ޙިދުމަތަށް ދަތި ތަކަކާއި ކުރިމަތިލާން ޖެހުނެވެ. އެހެން ކަމުން އެ ވުޒާރާގެ އަމާޒަކީ އެ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުން ކަމަށް ވަނީ ބުނެފައެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް ކައުންސިލްތަކާއެކު ގުޅުން އިތުރަށް ބަދަހިކޮށް މިމަހުގެ 18 ވަނަ ދުވަހު ޙާއްސަ ޕޯޓަލްއެއް ތަޢާރަފްކުރުމަށް ނިންމަވައިފަިއވާ ކަމަށް ވަނީ ހާމަކޮށްފައެވެ.
މި ޕޯޓަލް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހު ޚާއްސަ ހަފުލާއަކާއެކު ގައެވެ. އަދި ކައުންސިލްތަކަށް ޓްރެނިން ސެޝަނެއް ކުރިޔަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ޕޯޓަލް އިން ކައުންސިލްތަކަށް އައިޑީ ކާޑްގެ ސްޓަޓަސް ބެލުމާއި އެޕްލިކޭޝަންތައް ބަލައިގަތުމަށް އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
“ އަޅުގަނޑުމެން ކޮންމެ ރަށަކުން ކައުންސިލަރާއިއެކު މި މަސްތެރޭގައި އޮންނާނެ ޓްރެއިނިން ސެޝަންއެއް. މިއީ އިއިޑީ ކާޑް އެޕްލިކޭޝަން ސްޓޭޓަސް ބާލާނެ ގޮތާއި އެހެންވެސް މިފަދަ އެހެން ކަންކަން ދަސްކޮށްދޭން ބާއްވާ ޝެޝަން އެއް“ އަލީ ވިދާޅުވިއެވެ.
މިހާރު ޑީއެންއާރުގެ ސިސްޓަމް އެތުރިފައިވާ ގޮތުން ހުރިހާ އައިޑީ ކާޑެއް ޕްރިންޓް ކުރަމަށް އަތޮޅު ތެރޭގެ މީހުން އައިޑީ ކާޑު ހެދުމަށް މާލެ އަންނަށް ޖެހޭ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން އަތޮޅު ކައުންސިލްތަކުން އައިޑިކާޑު ޕްރިންޓްކޮށް، ޑިސްޓްރިބިއުޓް ކުރެވޭނެ ނިޒާމެއްގެ ބޭނުން ފާހަގަކުރައްވައި އެފަދަ ނިޒާމެއް އެކުލަވައިލުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި ކައުންސިލްތައް ބާރުވެރި ކުރުމުން ރަށްޔިތުންނަށް ލުއި ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

