ދިވެހި އާބާދީއަށް ނިސްބަތްވާ ކޮންމެ ރައްޔިތަކީ ކުރިމަގަށްކުރާ އުންމީދުގެ ބައިވެރިއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި، ދިވެހި ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައެވެ.
އެމަނިކުފާނު ތަހުނިޔާ ފޮނުއްވާފައިވަނީ މިއަދު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރަމުންދާ އާބާދީ ދުވަހާ ގުޅޭގޮތުން ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި އާބާދީއަށް ނިސްބަތްވާ ކޮންމެ ރައްޔިތަކީ، މި ޤައުމަށް އަގުހުރި ދަރިއެއްކަމަށާއި، ދިވެހީންގެ ކުރިމަގަށްކުރާ އުންމީދުގެ ބައިވެރިއެއްކަމަށެވެ.
ދުނިޔޭގެ އާބާދީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 11 ވަނަ ދުވަހެވެ. މި އަހަރުގެ އާބާދީ ދުވަހުގެ ޝިއާރަކީ ”ލީވް ނޯ ވަން ބިހައިންޑް، ކައުންޓް އެވްރީވަން“ މިއެވެ.

