ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑިޕީން ހިސާބުޖެހީ 6 މަސް ތެރޭގައި ގައުމު ބަނގުރޫޓުކުރަން: ސުޖާޢު

ޕީޕީއެމް/ ޕީއެންސީ ޖަލްސާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީން ވެރިކަމުން ވަކިވެގެން ދިޔައީ 6 މަސް ތެރޭގައި ގަައުމު ބްނގުރޫޓުކުރަން ހިސާބުޖަހާފައި ކަމަށް ބާރަށު ދާއިރާގެ މެންބަރ އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ފައިސާ ޗާޕްކުރަން ޖެހޭ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވުމުން، އެކަމަށް ރައްދު ދެއްވައި ސުޖާއު ވިދާޅުވީ، އެމްޑީޕީގެ މަޤްސަދަކީ ޤައުމު ބަނގުރޫޓުކޮށްލުން ކަމަށެވެ. އަދި ފައިސާ ޗާޕުނުކޮށް ގައުމު ހިންގަމުންދާ މަންޒަރު މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސާބިތުކޮށްދެމުން އަންނަ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ. އަދި މިއަދު ސަރުކާރުން ދައްކަން ޖެހިފައިވާ ލޯނުތައް، ދައްކަމުން ދަނީ ފައިސާ ޗާޕު ނުކޮށް ކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ. މިއީ ހަޤީގަތެއް ނަމަވެސް ރައީސް ޔާމީން އެކަން ޤަބޫލު ކުރަން ބޭނުންނުވާ ކަމަށް ޝުޖާއު ވަނީ ފާހަގަކުރައްވައިފައެވެ.

”އެމްޑީޕީއަށް އެގިވަޑައިގަންނަވާނެ، އެމްޑީޕީއިން ރާވާފައި ދިޔަ ދަންތޫރަކީ، ބަރާބަރު ހަމަސް ތެރޭގައި މުޅި ގައުމު ބަގުރޫޓަވާނެ ކަމަށް، އެ ބޭފުޅުންޖެހި ހިސާބު، އެހެން ވެގެން ކުރީގެ އެކޮނޮމިކް މިނިސްޓަރ އެ ވިދާޅުވަނީ ޤައުމެއް ނުހިފެހެއްޓޭނެ އޭ ފައިސާ ޗާޕު ނުކޮށް، “ ޝުޖާއު ވިދާޅުވިއެވެ. 

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާއާއި މަނީލޯންޑްރިންގެ މައްސަލާގައި ޖަލަަށް ލުމުން، އެކަމަށް ނިސްބަތްކޮށް ޝުޖާއު ވިދާޅުވީ، އެމަނިކުފާނު ޖަލަށްލީ އެމްޑީޕީ ސަރުކާރުން ކަމަށެވެ. އަދި ރައީސް ޔާމިނު ޖަލުގައި ހުންނެވިއިރު، އެމަނިކުފާނު ޖަލުން ނެރުއްވީ ޕީއެންސީގެ ލީޑަރ ސިޕުން ކަމަށާއި އެކަން ކުރެއްވީ މަލީހާއި ޖަމީލު ނޫން ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

“ އަޅުގަނޑުމެން އެމަނިކުފާނު ޖަލުގައި އޮންނެވިއިރު ހީރޯއަކަށް، ހަދާފައި ބޭރުކުރީ، އަޅުގަނޑުމެން ލީޑަރ ސިޕުންކުރި މަސައްކަތުން، މަލީހަކާއި ޖަމީލަކާއި ނުކުރޭ އެއްވެސް ކަމެއް، ހުސެއިިން ވަހީދުވެސް ޖަގަޅައި އެހެދީ“ ޝުޖާއު ފާހަގަކުރެއްވިއެވެ. 

އަހަރުގެ ކުރީކޮޅު އައު ޤާނޫނުތައް ގެންނަށް ޖެހުނު އެއް ސަބަބަކީ، ނިމިދިޔަ އަހަރުތަކުގައި ލިބިދާނެ ގެއްލުމަކަށް ބެލުމެއްނެތި އެކި އެކި މަޝްރޫއުތައް ކުރަމުން އައި ވެރިންތަކެއް ޤައުމުގައި ތިބުމުން ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ. އަދި ދިވެހި މާލިއްޔަތު މިއަދު ހިމާޔަތް ކުރަން ޖެހުނު މުހިންމު އެއް ސަބަބަކީ މާލިއްޔަތުން ވެރިން ވައްކަން ކުރާތީ ކަމަށް ޝުޖާއު ވަނީ ފާހަގަކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: