ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި ސްކޫލު އަޅަން ބިން ހޯދީ ނުހައްގުކަމަށް ބުނާ ވާހަކަ ޝަހީމް ދޮގު ކުރައްވައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަދީނާ އިންވެސްޓްމަންޓްގެ ސްކޫލް އަޅާ ބިން ހޯދާފައިވަނީ ނުހައްޤުން ކަމަށް ބުނެ ފަތުރަމުން ދަނީ މުޅިން ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ތައުލީމު އެންމެ ރަނގަޅު ގޮތުގައި ކިޔަވައިދެވޭނެ ސްކޫލެއް ހުޅުމާލޭގައި ތަރައްގީ ކުރުމަށް ހަވާލު ކުރީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މި އެއްބަސްވުމުގެ ދަށުން ހުޅުމާލެ ރެޑްވޭވް ސިޓީ ސްކޮއަރ ކައިރީގައި ހުންނަ ވަގުތީ މިސްކިތް ވެސް ތަރައްގީ ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވަނީ ނުޙައްޤުން ބިމެއް ހޯދިކަމަށް ބުނެ އޭނާއާއި ގުޅުވައިގެން ދޮގު ވާހަކަތައް ނުފެތުރުމަށް އެދިފައެވެ. ތެދު ޙަޤީޤަތުގެ މައްޗަށް ވާހަކަ ދެއްކުމަށް އެދިފައިވާއިރު، ދޮގު ވާހަކަތައް ފެތުރުމަކީ ނަފްރަތު އުފެދި މުޖުތަމަޢު ބައިބައި ވެގެން ހިގައިދާނެކަމެއްކަމަށާއި، ބިނާކުރަނިވި ޚިޔާލަށް މަރުޙަބާ ކިޔާނެއްކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ސްކޫލް އަޅަން ބިން ހަމަ ޖެއްސީ އެޗްޑީސީގެ ކުރީގެ މެނޭޖްމަންޓުންކަމަށް ފާހަގަކޮށް ޝަހީމް ވިދާޅުވީ ސްކޫލްގެ ބިމުގެ ފްރޭމްވޯކް އެގްރީމެންޓްގައި ސޮއިކުރީ ކުރީގެ މެނޭޖްމަންޓުންކަމަށާއި، ސްކޫލްގެ ޑިޒައިން އެޕްރީވްކުރީ ކުރީގެ އެޑިއުކޭޝަނުންކަމަށެވެ. މި މަޝްރޫޢުގެ ޕްރޮޕޯސަލްގެ މަސައްކަތުން ފެށިގެން ކަންކަން ކުރިއަށްދާތާ މިހާރު 3 އަހަރުވެފައިވާކަމަށް ބުނިއެވެ.

ސަރުކާރު ބަދަލުވުމަށް ފަހު އެގްރީމެންޓަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާކަމަށާއި ބިމަކީ ކުލި ދައްކާގޮތައް އޮތް ބިމެއްކަމަށް ޝަހީމް ވިދާޅުވިއެވެ. ބިމުގެ އަރިމަތީގައި ބިނާކުރާ މިސްކިތަކީ 2 ހާހެއްހާ މީހުންނަށް ނަމާދު ކުރެވޭ ގޮތައް ލައިބްރަރީއަކާއެކު 2 ބުރިއަށް އަޅާ މިސްކިތެއްކަމަށް ޝަހީމް މައުލޫމާތުދެއްވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: