ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރެވޭނީ އެހެން ގައުމުތަކުވެސް އެހީއާއިއެކު: ޝިޔާމް

ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ ލީޑަރުންނަށް ފިޝަރީސް މިނިސްޓަރު އަޙްމަދު ޝިޔާމް ގޮވާލައްވައިފިއެވެ.

ދުނިޔޭގެ ކާބޯތަކެއްޗާއި ބެހޭ ޖަމްޢިއްޔާ (އެފްއޭއޯ) ގެ މަސްވެރިކަމާބެހޭ ކޮމިޓީގެ 36 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވަނީ ރާއްޖޭގައި އޮތް މަސްވެރިކަމުގެ ދިގު ތާރީހު ފާހަގަ ކުރައްވާފައެވެ. އަދި ދިވެހި މަސްވެރިކަމުގެ ތަރިކައިގެ މުހިންމުކަން ފާހަގަކޮށް، މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ މައި އެއްތަބުކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރާއްޖޭގެ މަސައްކަތްތެރިންގެ 11 އިންސައްތަ މީހުން ވަޒީފާ އަދާކުރަނީ މަސްވެރިކަމުގައިކަމުން، އެ ސިނާއަތް އަމާނާތްތެރިކަމާއިއެކު އަންނަން އޮތް ޖީލާއި ހަމައަށް ގެންދިއުމަކީ މުހިންމުކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ހިމާޔަތް ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަމަށެވެ. ރާއްޖެއިން ދަނީ މަސްވެރިކަމުގައި މިސާލު ދައްކަމުންކަމަށްވެސް ވިދާޅުވިއެވެ. މިއީ ރާއްޖެއިން އެކަނިކޮށްގެން ނަތީޖާ ނިކުންނާނެ މަސައްކަތެއް ނޫންކަމަށާއި، ގޮންޖެހުންތަކާއި ދަތިތަކުން ސަލާމަތްވުމަށް އެކި ގައުމުތަކުގެ އެހީވެސް ބޭނުންވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ އޮތް އިރު މަސްވެރިކަމުގެ ވިޔަފާރި ކުރުމުގައި ހުރި ދަތިތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، ބައިނަލްއަޤުވާމީ މާކެޓަށް މަހުގެ ބާވަތްތައް ނެރުމުގައި ކުރަންޖެހޭ ޚަރަދުތައް ބޮޑުވުކީ ކަންބޮޑުވުމެއްކަމަށެވެ. މަސް ބޭރުކުރުމުގައި ދައްކަން ޖެހޭ ޓެކްސްއާއި އަދި މިކަމާއި ގުޅިގެން ރޯ ގަނޑުކުރި ކަޅުބިލަ މަސް ދުނިޔޭގެ ބާޒާރަށް ނެރެން މަޖުބޫރުވެފައިވާކަމަށް ވިދާޅުވިއެވެ. މަސް ޕްރޮސެސް ކުރެވެން އޮތީ މި މަގުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރުގެ އަމާޒަކީ ރާއްޖެއިން މަސް ބޭރުކުރާ އަގާއި އަދި މަހުގެ އަގުވެސް ބަދަލުކުރުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: