ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުމަހުގެ އުފެއްދުންތައް ފިހާރަކުން މަދީ މަސްވެރިކަން ދަށްވުމުން: މިފްކޯ

މިފްކޯ: ފޮޓޯ/ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިފްކޯގެ ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް މި ދުވަސްވަރު މަދު ނުވަތަ ހުސްވެފައިވަނީ ރާއްޖޭގައި މަސްވެރިކަން ދަށްވެފައިވުމުގެ ސަބަބުންކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯގެ ފިހާރަކުން ކަނޑުމަހުގެ ބާވަތްތައް ލިބުމުގައި ދަތިތައް ކުރިމަތިވެފައިވުމާއިއެކު ޝަކުވާތައް ހުށައެޅެމުންދާކަމަށް ފާހަގަކޮށް މިފްކޯއިންވަނީ މީޑިއާތަކަށް ކަމާއި ގުޅޭ މައުލޫމާތު ދީފައެވެ. އެ ކުންފުނިން ބުނެފައިވާގޮތުން ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް މަދުވުމާއި ހުސްވުމަށް ދިމާވެފައިވަނީ ރާއްޖޭގެ މަސްވެރިކަން ދަށްވެ، ކިރާ މަހުގެ އަދަދުތައް މި ދުވަސްވަރު ދަށްވުމުގެ ސަބަބުންކަމަށެވެ.

ދަޅުމަސް ވިއްކުމުގައި އެ ކުންފުނިން ލިމިޓު ކަނޑައަޅާފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ. މިފްކޯއިން ބުނެފައިވާގޮތުން ދަޅުމަހުގެ އެއްވެސް ލިމިޓެއް ނެތްކަމަށެވެ. އެހެންނަމަވެސް ކަޅުބިލަ މަހުގެ އެހެނިހެން ބާވަތްތައް އުފެއްދޭނީ ކަޅުބިލަމަސް ލިބިގެންކަމަށާއި މިހާލަތުގައި ކަން މިގޮތަށް އޮތް ނަމަވެސް ކަންނެލި މަހުގެ އުފެއްދުންތައް ކުރިއާއިވެސް އެއްގޮތަށް މިފްކޯގެ ފިހާރަތަކުން ލިބެން ހުންނާނެކަމަށްވެސް ބުނެފައިވެއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން ވެލިއުއެޑެޑް ޕްރަޑަކްޓުތައް އުފެއްދުމުގެ މަސައްކަތްތަކަށްވެސް ކަޅުބިލަ މަސް ނުލިބޭކަމަށްވުމުން ހީނަރުވެފައިވާކަމަށެވެ. އެހެންކަމުން މަސްވެރިކަން ރަނގަޅުވުމާއިއެކު ފިހާރަތަކުގެ ރެކުތައް ފުރިގެންދާނެކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: