ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯޓުތަކުގެ އޮޕަރޭޝަނަށް ގެނައި ބަދަލާއެކު މަސްވެރިންނަށް ބޮޑު ލުޔެއް ލިބިގެން ދާނެ: މިފްކޯ

- ފޮޓޯ/ މިފްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ކަޅުބިލަ މަސް ގަންނަ އެ ކުންފުނީގެ ބޯޓު ފަހަރުގެ އޮޕަރޭޝަނަށް ގެނައި ބަދަލާއިއެކު މަސްކިރުމުގައި މަސްވެރިންނަށް މިހާރު ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިފްކޯއިން މިއަދު ބުނީ ރާއްޖޭގެ ދެކުނުގައި މަސްގަންނަން އޮޕަރޭޓްކުރާ އާރުއެސްޑަބްލިޔު 27.5 ޓަނު ޖާގައިގެ ބޯޓުފަހަރުގެ ތެރެއިން ރަންދި 23، 24، 25، 26، ފެލިވަރުން އޮޕަރޭޓް ކުރާ ބޯޓުތަކެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމުގައެވެ.

އެ ހަތަރު ބޯޓުވެސް ކުރިން އޮޕަރޭޓް ކުރަމުން ދިޔައީ ކޫއްޑޫއިންނެވެ. އަދި ފެލިވަރުން އޮޕަރޭޓު ކުރަމުންދިޔަ ޖަޒީރާ 102 ދެން އޮޕަރޭޓް ކުރާނީ ކޫއްޑޫ ސައިޓުންނެވެ. އެބޯޓުން ދުވާލަކު 100 ޓަނަށްވުރެ ގިނަމަސް ފްރީޒް ކުރެވޭކަން މިފްކޯއިން ފާހަގަކުރެއެވެ.

މިކަމާގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން މިފްކޯގެ އޮޕަރޭޝަންސް ހިންގެވުމާ ހަވާލުވެ ހުންނެވި އެކުންފުނީގެ ޖެނެރަލް މެނޭޖަރު އަހުމަދު ޒާހިރު ވަނީ އެގޮތަށް ބޯޓުފަހަރު ބަދަލުކުރި ސަބަބު ހިއްސާކުރައްވާފައެވެ.

ފެލިވަރަކީ ދަޅު ބަންދުކުރާ ފެކްޓްރީއަކަށް ވެފައި، އެތަނަށް ބޮޑަށް ބޭނުންވާ، އާރުއެސްޑަބްލިޔުގައި ބެހެއްޓިފައިހުންނަ ތާޒާމަސް ހޯދުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު މަގުސަދެއް.މި ހަތަރު ބޯޓް އުތުރަށް ބަދަލުކުރުމުން އިތުރު ބަނދަރުތަކެއްގައި މަސްގަންނަ ބޯޓު ބޭއްވޭނެ. މިކަމުގެ ސަބަބުން އުތުރުގައި ކަނޑުމަހުގެ މަސްވެރިކަން ކުރާ މަސްވެރީންނަށް މަސްކިރޭނެ ކަމުގެ ޔަގީންކަން އިތުރުވެގެންދާނެ.

ޒާހިރު ވިދާޅުވީ، ދެކުނުގައި މަސްވެރިކަން ރަނގަޅު ދުވަސްވަރު ރަންދި ސީރީޒްގެ ކުޑަ ބޯޓަކަށް އެންމެ ދޯންޏެއްގެ މަސްވެސް ނުކިރޭކަމަށާއި، އެހެން ނަމަބެސް ޖަޒީރާ-102 ދެކުނަށް ބަދަލުކުރުމުން އެ ސަރަހައްދުގައި ފްރީޒްކުރެވޭ މަސް އިތުރުވެގެންދާނެކަމުގައެވެ. އަދި އެކަމުގެ ސަބަބުން މަސްވެރި މޫސުމުގައި އޮޑިދޯނިފަހަރުތަކުން މަސްކިރުމަށް ހަދާ ކިއު ކުޑަވެގެންދާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ޒާހިރު ފާހަގަކުރެއްވިގޮތުގައި މި ބަދަލާއެކު ޒުވާނުންނާއި، މަސްވެރިކަމުގެ ސިނާއަތާއި އަލަށް ގުޅެން ބޭނުންވާ އާންމު ފަރުދުންގެ މެދުގައި މަހަށްފުރުމުގެ ޝައުގުވެރިކަން އިތުރުވެގެންދާނެއެވެ.

މިފްކޯގެ ފްލީޓާއި އެންމެ ފަހުން ގުޅުނު ޖަޒީރާ-106 އާއި ޖަޒީރާ-105 ވެސް މަސްގަތުމުގައި ހަރަކާތްތެރިވާކަމަށާއި، ދާދި އަވަހަށް ޖަޒީރާ-104 ވެސް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އެގޮތުން ޖަޒީރާ-104 އޮތީ މިހާރު މާލޭގެ ބަނދަރުގައި ކަމަށާއި، އެބޯޓަށް މަސްގަތުމުގެ އެންމެ ފަހުގެ ތައްޔާރީތަށް ވަމުން އަންނަކަމަށް މިފްކޯއިން ބުނެއެވެ. މިފްކޯއިން ދެކޭގޮތުގައި އެކުންފުނިން މަސްގަންނަ ފްލީޓަށް ކުރިއަށް އޮތް މަސްވެރިކަމުގެ މޫސުން ފެށޭއިރު، 150 ޓަން އިތުރަށް ފްރީޒް ކުރެވޭނެއެވެ.

މިފްކޯގެ ފްލީޓުގައި 1 ކެރިއަރ ވެސަލް އެބައޮތެވެ. އަދި މަސްކިރުމުގެ އޮޕަރޭޝަންގައި މިވަގުތު 13 ބޯޓު ހަރަކާތްތެރިވާއިރު، އެ ބޯޓުފަހަރުތަކަށް ކިރާ މަސް ސައިޓަށް ގެންދިޔުމުގައި މަދާ ވެސެލްގެ ގޮތުގައި 5 ބޯޓު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ވަރަށް ގަދަ
78%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 11%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: