ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަވަނަރުކަމަށް ހާޝިމް ގާބިލު ނޫންކަމަށް ނިންމައި، ވަކި ކުރަން ފާސްކޮށްފި

ގަވަރުނަރު އަލީ ހާޝިމް ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަނަރުގެ މަގާމަށް އަލީ ހާޝިމް ގާބިލު ނޫންކަމަށް ނިންމައި އޭނާ މަގާމުން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، އެކަމަށް ގަވަނަރުގެ ހައިސިއްޔަތުން ހާޝިމްގެ ފަރާތުން ދޭން ޖެހޭ އެއްވެސް ލަފައެއް އަދި އިރުޝާދެއް އަރުވާފައި ނުވާތީ މަގާމުން ވަކި ކުރުމަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ.

އެ މައްސަލައިގައި ދެ ފަހަރެއްގެ މަތީން ފުރުސަތު ދީ، ކޮމިޓީއަށް ހާޒިރުވާން ހާޝިމަށް އެންގި ނަމަވެސް ސިއްހީ ހާލަތު ހުރި ގޮތުން ބައްދަލުވުމަށް ވަޑައިނުގެންނެވޭނެކަމަށް އެންގެވި އެވެ. އެކަމަކު މިއަދުގެ 11:00 އަށް ބައްދަލުވުން ތާވަލު ކުރީ އެންމެ ފަހު ފުރުސަތުކަމަށް ނިންމުމަށް ފަހު އެވެ.

އެހެންވެ ދެން އިތުރު ފުރުސަތެއް ދިނުމަކާއި ނުލައި، ކޮމިޓީން ހާޝިމް މަގާމުން ވަކި ކުރުމަށް ހުށަހެޅުއްވީ ވެސް ނާޒިމެވެ. މެމްބަރުންގެ ތާއީދު، އެ ހުށަހެޅުމަށް ލިބި ހާޝިމް މަގާމުން ވަކި ކުރުމަށް ރައީސަށް ލަފާ އެރުވުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ވަރަށް ގަދަ
83%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 4%ވަރަށް ދެރަ 4%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: