ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޫނު މޫސުމާއި ހުރެ ކަރަންޓު ބިލު ބޮޑުވާ މައްސަލަ ހައްލު ކުރެވޭނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން: އައިފާން

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހޫނު މޫސުމާ ދިމާކޮށް ރާއްޖޭގައި ކަރަންޓު ބިލު ބޮޑުވާ މައްސަލަ ހައްލު ކުރެވެން އޮތީ އިޔާދަ ކުރުވަނި ހަކަތަ ބޭނުން ކުރަން ފަށައިގެންކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ ފާއިތުވި މައްސަލަތަކުގައި ކަރަންޓު ބިލުތައް އިންތިހާއަށް ބޮޑުވެފައިވާތީ އެ މައްސަލަ ބަލައި ތަހުގީގު ކުރުމަށް ގޮވާލައި ކުއްލި މައްސަލައެއް ހުށަހަޅުއްވާފަ އެވެ.

މި މައްސަލަ ހުށަހަޅުއްވައި މެމްބަރު ވިދަޅުވީ ފެނަކައާއި ސްޓެލްކޯ ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދޭއިރު ފަހަކަށް އައިސް ކަރަންޓު ބިލުތައް އިންތިހާއަށް މައްޗަށް ގޮސްފައިވާކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދައިދޭން ގޮވާލައި ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުމަކީ ބޭނުން ކުރާ މިންވަރަށް ވުރެ ބޮޑު ބިލެއް ކޮންމެ މަހަކު ވެސް ލިބުމެވެ.

މަޖިލީހަށް މައްސަލަ ހުށަހެޅީ، ތަފްސީލުތައް ލިބޭނެ އިތުރު ގޮތެއް ނެތިގެންކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ސަރުކާރުގެ މެމްބަރުން ވިދާޅުވީ ކުންފުނިތަކުން ބޭނުންވުމުން ބިލުތައް ކުޑަކޮށް، ނުވަތަ ބޮޑުކޮށް ފޮނުވޭނެ ގޮތެއް ނޯންނާނެކަމަށެވެ. އަދި 61 މެމްބަރުންގެ ވޯޓުން ބަލައިގަތް މި މައްސަލައިގެ ބަހުސްގައި އައިފާން ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑުއެހުމަކީ އެއީ މަޖިލީހުގެ ޒިންމާއެއްކަމަށް އޭނާ ދެކޭ ކަމަށެވެ. އެގޮތުން ދާއިރާގެ ފަރާތުންނާއި، އާންމު އެހެން ރައްޔިތުންގެ ފަރާތުން ބިލު ބޮޑުވުމުގެ ޝަކުވާ ލިބި އަމިއްލައަށް އެދިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީއާއި ބައްދަލުކޮށް އެކަން އޮޅުންފިލުވިކަމަށް އައިފާން ވިދާޅުވި އެވެ.

އައިފާން ވިދާޅުވީ އެ ބައްދަލުވުމުގައި އޭނާގެ ވެސް ސުވާލަކަށް ވީ، ރީޑިން ނެގުމުގައި ނުވަތަ މީޓަރާއި ކުޅެ އެއްވެސް ގޮތަކަށް ބިލު ބޮޑު ކުރެވިދާނެ ތޯ އެވެ. އެހެން ނަމަވެސް އެކަން އެގޮތަށް ނުކުރެވޭނެކަމަށާއި، ބިލިން ކުރެވެނީ ކަސްޓަމަރުން ބޭނުން ކުރާ ކަރަންޓުގެ މިންވަރަށްކަމަށް ފަހުމީ މައުލޫމާތު ދެއްވިކަމަށް އައިފާން ވިދާޅުވި އެވެ.

އައިފާން ވިދާޅުވީ ބިލު ތައްޔާރު ކުރަނީ ކަރަންޓު ބޭނުންކޮށްފައި ހުރި މިންވަރަށް ބަލައިކަމަށާއި އެހެންކަމުން އިތުރު އެހެން ގޮތަކަށް ސިސްޓަމް މެދުވެރިކޮށް ބިލު ބޮޑުކޮށް ކުޑަކުރުމުގެ ފުރުސަތެއް ނޯންނަކަމަށެވެ.

އެމްޑީ ވިދާޅުވީ އެކަން އެގޮތަށް ނުހިނގާނެ އޭ.. ދެން ގޮސް މުޅިން އެކަން ތަރުތީބު ކުރެވިފައި އޮތް ގޮތާއި، އެ ބިލް ރީޑިން އިންނަ ގޮތާއި، ނޫނީ ބިލިންއަށް ރީޑިން ނަގައިގެން މި ބިލުތައް ހެދޭނެ ގޮތް ވަރަށް ތަފްސީލުކޮށް ދެއްކި.. މިއަކީ މީހަކު ގޮސް ކުޅެގެން ނޫނީ އެއަށް ގޮސް އަތް ބާނައިގެން އޭގައި ހުރި ރީޑިން ބަދަލު ކުރެވޭނެ ކަހަކަކަމެއް ނޫން..

އައިފާން ވިދާޅުވީ ހޫނުވުމުގެ ސަބަބުން ކަރަންޓު ބިލު ބޮޑުވާ މައްސަލަ ހައްލު ކުރެވެން އޮތީ އިޔާދަކުރުވަނި ހަކަތަ ބޭނުން ކުރަން ފަށައިގެން ކަމަށެވެ. އަދި އެ މަސައްކަތަށް އުތުރުގައި ބޮޑު ޕްރޮޖެކްޓެއް ފެށުމުގެ މަސައްކަތް ކުރިޔަށް ދާކަމަށް އިކޮނޮމިކް މިނިސްޓަރ ސައީދު ހިއްސާ ކުރައްވާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: