ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަން ދައުލަތެއްގެ ގޮތުގައި އޮންނާނީ އިގްތިސާދީ ގޮތުންވެސް މިނިވަންވެގެން: ހުސްނީ

މެމްބަރު ހުސްނީ : ފޮޓޯ/ ސަންުގު
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަން ދައުލަތެއްގެ ގޮތުގައި އޮވެވޭނީ އިގްތިސާދީ ގޮތުންވެސް މިނިވަންކަމާއި ބާރުވެރިކަން ހާސިލުކޮށްގެންކަމަށް މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހުސްނީ ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ގިނަ ވައުދުތަކެއް ވެވަޑައިގެންނެވިކަމަށެވެ. އޭނާ ވިދާޅުވީ، އެ ވައުދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމުގެ އިތުރުން ދިވެހިންނަށް އަމާން ރައްކައުތެރި ވެއްޓެއް ގާއިމުކޮށްދިނުމާއި ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތް ކުރުމުގެގޮތުން ވެވެޑައިގެންނެވި ވައުދުތައްވެސް ހިމެނޭކަމަށެވެ.

ހުސްނީ ވިދާޅުވީ، އެއީ ސަރުކާރެއްގެ އެންމެ އަސާސީ އެއް ވާޖިބުކަމަށެވެ. އޭނާ ވިދާޅުވީ، އިގްތިސާދީ ގޮތުންވެސް އެމަނިކުފާނުވަނީ ވައުދުތަކެއް ވެވަޑައިގެންފައިކަމަށާއި ހަގީގަތުގައި މިނިވަން ދައުލަތެއްގެ ގޮތުގައި ގައުމެއް އޮންނާނީ އިގްތިސާދީ ގޮތުންވެސް މިނިވަންކަމާއި ބާރުވެރިކަން ހާސިލުކޮށްގެންކަމަށެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސާދު ހަމައަކަށް އެޅުވުމުގެ ގޮތުން ސަރުކާރުންވަނީ ބައެއް މަސައްކަތްތައް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިކަމަށާއި އެއަށްފަހު ފެނިގެންދިޔައީ ވަކިވަކި ފަރުދުންގެ އަސާސީ ހައްގުތަކާއި މުޖުތަމައުގެ ރައްކައުތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ބިލުތަކެއް ހުށައެޅިގެންދިޔަ މަންޒަރުކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިފަހުން ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރު ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަކާއި ޖިނާއީ އިޖުރާއަތު ގާނޫނަށް އިސްލާހުތައް ގެނައުމުގެ އިތުރުން ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއްވެސް ހުށައެޅިފައިވާކަމަށާއި އެ ބިލުތަކަށް ބަލާލުމުންވެސް ފެނިގެންދާނީ މުޖުތަމައުގެ ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން ފަރުދުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް  ކަމަށެވެ.

ސައިބަރ ކްރައިމްގެ މައުޟޫއަށް އަލިއަޅުއްވައި އޭނާ ވިދާޅުވީ، މިހާރު މީހުން ފައިސާ ބަހައްޓަނީ ތިޖޫރީގައި ނޫންކަމަށެވެ. އަދި އެކަމާއި އެއްގޮތަށް ކުށް ކުރާ ވައްޓަފާޅިވެސް ބަދަލުވެފައިވާކަމަށެވެ. ހުސްނީ ވިދާޅުވީ، ބެންކިންގް އެޕްތައް މެދުވެރިކޮށް މާލީ މުއާމަލާތްތައް ކުރަމުންދާ ޒަމާނެއްކަމަށްވާއިރު ދާދި ފަހުންވެސް މަދު ވަގުތު ކޮޅެއްގެ ތެރޭގައި މީހެއްގެ އެކައުންޓުން މިލިއަނުން ފައިސާ ގެއްލިގެންދިޔަ މައްސަލައެއް ނޫސްތަކުން ފާހަގަކޮށްފައިވާކަމަށެވެ. އޭނާ ވިދާޅުވީ އެކަން ކުރަނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަމަށާއި ރާއްޖޭގައި ސައިބަރކްރައިމްގެ މައްސަލަ އިންތިހާއަށް ގޯސްވެފައިވާކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެފަދަ ބޮޑެތި ކުށްތައް ކުރާ މީހުންގެ މައްޗަށް އިންސާފު ގާއިމުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ގާނޫނުގައި އެކަން ތަފްސީލުކޮޮށްފައިނުވުންކަމަށާއި ކުށް ކުރާ މީހާ އިންސާފުގެ ކުރިމައްޗަށް ނުގެނެވޭކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މީހެއްގެ މައްޗަށް ދައުވާއެއް އުފުލެނީ ވަކި ގޮތަކަށް ކަމަށާއި ދައުވާ ކުރެވެނީ ވަކި ގާނޫނެއްގައި ބަޔާންކުރާ އުންސުރުތަކެއް ހަމަވުމުންކަމަށްވުމުން ހަމަ ހުރެފައި ދައުވާއެއް ނުކުރެވޭނެކަމަށްވެސް ހާމަކުރެއްވިއެވެ.

ހުސްނީ ވިދާޅުވީ، އެހެންކަމުން ގާނޫނުގައި ސައިބަރކްރައިމް އާއި ގުޅޭ ކަންކަން ބަޔާންކޮށްފައި ނެތުމުގެ ސަބަބުން އެފަދަ ކުށްތައް ކުރާ މީހުން އިންސާފުގެ ކުރިމައްޗަށް ނުގެނެވޭކަމަށެވެ. އެހެންކަމުން ގެނައުމަށް މަސައްކަތްކުރާ އިސްލާހުތައް މައިގަނޑު ގޮތެއްގައި ގުޅިފައިވަނީ އެ ކުށްތައް ހުއްޓުވުމާއި ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: