އައްޑޫ ޕޮލިސް އެކަޑެމީގެ ގިނަ ދަރިވަރުންތަކެއް ކާނާވިހަވެ، އޭގެ ތެރެއިން ފަސް ދަރިވަރަކަށް އައިސިޔޫގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުޑް ޕޮއިޒަންވެގެން ފުލުހުންގެ ކޮލެޖުގެ ދަރިވަރުންތަކެއްގެ ހާލު ސީރިއަސްވެފައިވަނީ މިރޭ 08:00 ހާއިރެވެ. ގިނަ ދަރިވަރުންތައް ކާނާ ވިހަވިއިރު އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްކަމަށް ފުލުހުން ބުންޏެވެ.
ކާނާ ވިހަވެ، ހާލު ގޯސްވުމުގެ ސަބަބުން 32 ދަރިވަރަކު އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ވަނީ އެޑްމިޓުކޮށްފަ އެވެ.
ފަސް ދަރިވަރަކ އައިސީޔޫގައި އޮތް އިރު، އެއް ދަރިވަރެއްގެ ހާލު ސީރިއަސް އެވެ.
މިކަން ދިމާވި ސަބަބު ދެނެގަތުމަށް ހޮސްޕިޓަލް މެދުވެރިކޮށް މަސައްކަތްކުރަމުންދާކަމަށްވެސް ބުނެފައިވެއެވެ.

