ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮލިސް އެކަޑަމީ ދަރިވަރުން ކާނާވިހަވި މައްސަލައިގައި މިނިވަން ތަހުގީގެއް ހިންގުމަށް ޝާހިދު ގޮވާލައްވައިފި

ހއ ދިއްދޫގައި ބޭއްވި ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ޝާހިދު ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ޕޮލިސް އެކަޑެމީގެ ގިނަ ދަރިވަރުންތަކެއް ކާނާވިހަވި މައްސަލައިގައި މިނިވަން ތަހުގީގެއް ހިންގުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ގިނަ އަދަދެއްގެ ޒުވާން ދަރިވަރުން ތަމްރީނުތައް ފުރިހަމަ ކުރަމުންދާ އެކަޑަމީގައި ރޭގަނޑުގެ ކެއުމަށް ފަހު ކާނާވިހަވީ 32 ކުއްޖެކެވެ. މީގެ ތެރެއިން ފަސް ދަރިވަރުންނަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. ހާލު ވަރަށް ސީރިއަސްވީ އެއް ދަރިވަރެއްގެއެވެ. ބަލި ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އަދި ކާނާވިހަވީ ކީއްވެގެން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މިކަމާއި ގުޅިގެން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، މި މައްސަލައިގެ މިނިވަން ތަހުގީގެއް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. މިފަދަ ހާދިސާއެއް ތަކުރާރު ވިޔަ ނުދިނުމަށް މިއީ ވަރަށް މުހިންމު ކަމެއްކަމަށްވެސް ވިދާޅުވިއެވެ.

ހާލުދެރަވި ދަރިވަރުންނަށް ޝާހިދު ވަނީ އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

ކާނާ ވިހަވެގެން ފުލުހުންގެ ކޮލެޖުގެ ދަރިވަރުންތަކެއްގެ ހާލު ސީރިއަސްވެފައިވަނީ ރޭ 08:00 ހާއިރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: