ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މަންމާފުޅު މުއުމިނާ ހުސައިން ފުޅު މިއަދުގެ ވަގުތެއްގައި އަވަަހާރަ ވެއްޖެ އެވެ.
މުއުމިނާ އަވަހާރަވީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަވަހާރަވީއިރު އެކަމަނާގެ އުމުރުފުޅަކީ 80 އަހަރެވެ.
ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒަކީ ވެސް މޫމިނާގެ ދަރިކަލެއްކަން ފާހަގަކުރެވެއެވެ.
މުއުމިނާ ހަސަންފުޅަށް ސޯލިހުގެ އިތުރުން ފަސް ބޭފުޅަކު ލިބިވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިމިނަތު ސޯލިހު އާއި ރައީސް މައުމޫން، ރައީސް ޔާމީންގެ އިތުރުން ރައީސް ސާލިހުގެވެސް ޕާސަނަލް ސެކްރެޓަރީކަން ކުރެއްވި ފާތުމަތު ސޯލިހަކީ ވެސް މޫމިނާގެ ބޭފުޅުންނެވެ. އަދި މުއުމިނާގެ ލޯފަން ދެ ބޭފުޅުންނަކީ ދެ ހާފީޒުންނެވެ.
މުއުމިނާ އަވަހާރަވުމާއި ގުޅިގެން އެމްޑީޕީއިން ވަނީ ތައުޒިއްޔާ ދަންނަވާފައެވެ. މި ފުން ހިތާމައިގައި އެ ޕާޓީގެ އެންމެހައި މެމްބަރުންގެ ފަރާތުން ރައީސް ޞާލިހަށާއި ރައީސް ޞާލިޙު އާއިލާއަށް ތައުޒިޔާ ދަންނަވާކަމަށް އެމްޑީޕީއިން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައިވެއެވެ. އަދި މަރުހޫމާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިފައިވެއެވެ.

