ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫއެންއޯޑީސީން ދިވެހި ފުލުހުންނަށް ޑްރޯންތަކެއް ހަދިޔާކޮށްފި

ޑްރޯންތައް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫއެންއޯޑީސީއިން ރާއްޖޭގެ ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ދިވެހި ފުލުހުންގެ ހިދުމަތަށް 2 ޑްރޯން ހަދިޔާކޮށްފިއެވެ.

ހޯމް މިނިސްޓްރީއިން މައުލޫމާތު ދީފައިވާގޮތުން، ޔޫއެންއޯޑީސީއިން ފުލުހުންނަށް ޑްރޯންތަކެއް ހަދިޔާކޮށްފައިވަނީ އެ މިނިސްޓްރީގައި ބޭއްވި ހާއްސަަ ރަސްމިއްޔާތެއްގައެވެ. އަދި މިއީ ފުލުހުންގެ މުއައްސަސާގެ މެރިން ޕޮލިސް ޑިވިޝަންއިން ބޭނުންކުރަން ނިންމާފައިވާ ވަސީލަތްތަކެއްކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން މި ޑްރޯންތަކާއި ހަވާލުވުމަށްޓަކައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާންކަމަށެވެ. އަދި ޔޫއެންއޯޑީސީގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަ އެ ވުޒާރާގެ އޮފީހުގެ އިސްވެރިޔާ އެންރީކޯ ބޮނިންސެގްނާކަމަށް ބުނެފައިވާއިރު ޔޫއެންއޯޑީސީން ހަދިޔާކޮށްފައިވަނީ ކަނޑާއި ވައިގެ ތެރޭގައިވެސް ދުއްވޭ ފަދަ 2 ޑްރޯންކަމަށާއި މި ތަކެތި ބޭނުންކުރާނީ ޝޯޓް ރޭންޖް އޮޕަރޭޝަންތަކުގައިކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: