ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ މަގުޗާޓަށް ހިޔާލު ހޯދަން ފައްޔާޒް އަތޮޅު ތެރެއަށް!

އެމްޑީޕީގެ މިސްރާބުހުރީ ޕާޓީ ހަރުދަނާ ކުރުމަށް: ފައްޔާޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދާރީ ހިންގުން ވަރުގަދަ ކުރުމަށް އެމްޑީޕީއިން އެކުލަވަލާ މަގުޗާޓަށް ހިޔާލު ހޯދުމަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ހުވަދު އަތޮޅަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު ހުވަދު އަތޮޅަށް ވަޑައިގެންނެވީ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް ވަޑައިގެން، އެ ސިޓީތަކުގެ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރެއްވުމަށް ފަހުއެވެ. އަދި މަގުޗާޓަށް އެ މީހުންގެ ހިޔާލުވެސް ހޯއްދަވާފައިވެއެވެ.

މި ދަތުރުތަކާއި ގުޅިގެނަ މައުލޫމާތު ދެއްވަމުން ފައްޔާޒު ވިދާޅުވީ، ދެ ސިޓީގައި ތިބި އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންނާ ބައްދަލުކުރެވުނުކަމަށާއި، ހިޔާލު ބަދަލުކޮށްލެވުނުކަމަށެވެ.

އެމްޑީޕީއަކީ ޒަމާނީ މުއައްސަސާއެއް ގޮތުގައި ހިންގާ ޕާޓީއަކަށް ހެދުމަށް ކުރާ މަސައްކަތުގައި އައްޑޫ އަދި ފުވައްމުލަކުގެ ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއްލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މި މަސައްކަތްތަކާއިމެދު ހހިތްހަމަޖެހިވަޑައިގަންނަވާކަމަށް ފައްޔާޒު ވިދާޅުވިއެވެ. އޭނާއަށް ފެނުނީ އެމްޑީޕީގެ އާ ދައުރެއްގެ މިސްރާބަށް އައްޑޫ އާއި ފުވައްމުލައް ފައްކާވެފައި އޮތް މަންޒަރު ކަމަށެވެ.

އެމްޑީޕީއިން މަގު ޗާޓެއް އެކުލަވާލުމަށް ނިންމީ، ދެ އިންތިހާބުން ލިބުން ނާކާމިޔާބީއަށްފަހު ބޭއްވި ޕާޓީގެ ގައުމީ މަޖިލީހުގައެވެ.

އެމްޑީޕީއިން ބުނީ އިންތިހާބުތަކަށްފަހު އެމްޑީޕީގެ އެކި ގުނަންތަކާއި ގިނަ ދުވަހު އެމްޑީޕީއަށް ހިދުމަތް ކުރެއްވި ފަރާތްތަކާ އެކު ބައްދަލުވުންތައް ބާއްވައި އެ ބައްދަލުވުންތަކުން ލިބިފައިވާ ހިޔާލުތައް ފައްޔާޒް ވަނީ ގައުމީ މަޖިލީހާ ހިއްސާކުރައްވާފައިކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް ފާއިތުވީ އަހަރުތަކުގައި އައިސްފައިވާއިރު އެ ބަދަލުތަކާ އެއްވަރަށް ޕާޓީގެ ހިންގުމަށްވެސް ބަދަލު ގެނެސް މުއައްސަސާއެއްގެ ގޮތުގައި އިންސްޓިޓިއުޝަނަލައިޒް ކުރުމަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ ކުރިއެރުވުމަށް މުހިއްމުކަމެއްކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. އެކަމަށް ވާސިލުވުމުގެ ގޮތުން ހަރުދަނާ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ވިދާޅުވިއެވެ.

މި މަގުޗާޓަކީ އެމްޑީޕީގެ ވިސްނުމާއި ފިކުރާއި ތަސައްވުރު އަދި މިޝަން ރަނގަޅަށް ބަޔާންކުރެވިފައިވާ މުސްތަގުބަލުގެ ލީޑަރުން އުފައްދާނެ މަގުޗާޓަކަށް ހެދުމަށް ފައްޔާޒް ވަނީ ގައުމީ މަޖިލީހުގައި އެދިވަޑައިގެންފައެވެ. އަދި, އެމްޑީޕީގެ ފިކުރަކީ ސިޔާސަތުތަކުގެ މައްޗަށް އެކުލެވޭ, މައިގަނޑު ދާއިރާތަކުގެ އެލައިންމެންޓް ފެންނަ އެމްޑީޕީއަށާއި އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުކުރާ މީހުން އެމްޑީޕީއަށް ވޯޓު ދިނުން އިތުރުކުރާނެ ގޮތުގެ އިސްތިރާޖީ މަގުޗާޓަކަށް ހެދުމަކީ މުހިއްމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މި މަސައްކަތް ކުރުމުގައި ގައުމީ މަޖިލީހުގެ މެމްބަރުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ކަމަށާއި އަދި މި މަސައްކަތުގެ މައުލޫމާތު ޕާޓީގެ ހުރިހާ މެމްބަރުންނާއި އާންމު ރައްޔިތުންނާވެސް ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާކުރައްވާނެ ކަމުގައި ޗެއާޕާސަން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: