ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުޑިޝަރީ މިނިވަން ކުރާނެކަމަށް ބުނެ އެމްޑީޕީ ދެއްކީ ހުސް ވާހަކަ، އެ ނިޔަތެއް އޭރު ނެތް: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީން މިދިޔަ ފަސް އަހަރު ހޭދަކުރީ، ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކޮށް ޝަރުއީ ދާއިރާ މިނިވަން ކުރާނެކަމަށް ބުނެ ފޮނި ވާހަކަ ދެއްކުމުގައިކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް މިއަދު ހުށަހަޅުއްވާފައި ވަނީ ބަންޑާރަ ނައިބަކީ މަގާމުގެ ހައިސިއްޔަތުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި ގާނޫނީ ފަންނުގައި ކަނޑައަޅާފައި އޮތް އޮތުން ބަދަލުކޮށް ކައުންސިލްގެ އެގްޒެކެޓިވް އެކުލެވިގެން ވަނީ ހަމައެކަނި ވަކީލުން އިންތިހާބު ކުރާ ރައީސަކާއި ނައިބު ރައީސެއްގެ މައްޗަށްކަމަށް ކަނޑައެޅުމަށެވެ.

މި އިސްލާހު ހުށަހެޅުމުގެ ބޭނުމެއްކަމަށް ބިލުގައި ބުނެފައި ވަނީ ގާނޫނީ ވަކީލުންގެ ފަންނުގެ ކަންކަން ތަންޡީމުކޮށް ހިންގަނީ އެ ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުން ކަމުގައި ހަމަޖައްސައި ބާކައުންސިލަށް މިނިވަންކަން ހޯދައިދިނުމެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް މަރުހަލާގައި ޝުޖާއު ވިދާޅުވީ ރައްޔިތުން ގައުމުގެ ވެރިކަމާއި އެކު ރައްޔިތުންގެ މަޖިލީހުން ބޮޑު އަޤުލަބިއްޔަތެއް ސަރުކާރަށް ދީފައި ވަނީ އަދުލު އިންސާފު ގާއިމު ކުރުމަށް ކަމަށެވެ. އަދި ޝަރުއީ ދާއިރާއަކީ ވެރިންގެ ނުފޫޒު އެއްކިބާވެފައިވާ ތަނަކަށް ހެދުމަށް ކުރީ ސަރުކާރުތަކުން ވައުދުވި ނަމަވެސް އެކަން ދެމިއޮތީ ހަމައެކަނި ދެއްކި ވާހަކައެއްގެ ގޮތުގައިކަމަށް ޝުޖާއު ވިދާޅުވި އެވެ.

ބާކައުންސިލްގައި ބަންޑާރަ ނައިބު އިންނަވާތީ، އެކަން ބަދަލު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަށް ތާއީދު ކުރައްވައި ޝުޖާއު ވިދާޅުވީ މިއީ ސަރުކާރުން ގޮށްމުށުގެ ބާރު ބޭނުން ކުރަން މަސައްކަތް ނުކުރާކަމުގެ ހެއްކެއްކަމަށެވެ.

އަޅުގަނޑުމެންނަށް އިވިގެން ދިޔައީ އެމްޑީޕީގެ ފަރާތުން އަބަދުވެސް ޖުޑިޝަރީ އިސްލާހުކުރުމަކީ އަބަދުވެސް ދައްކާ ވާހަކައެއްގެ ގޮތުގައި.. ދައްކަމުން ދިޔަ މަންޒަރު… ޖޭއެސްސީ އިސްލާހު ކުރުމުގެ ވާހަކައަކީ ވޭތުވެ ދިޔަ ފަސް އަހަރު ކޮންމެ ތަނަކުން ވެސް އަޑުއިވެމުން ދިޔަ ވާހަކަ.. އެހެން ނަމެސް ޖޭއެސްސީ އިސްލާހު ކުރުމުގެ ނިޔަތް އެމްޑީޕީގެ ވެރިކަމުގައި ފެނިގެން ގޮސްފައި ނުވޭ..

ގާނޫނީފަންނުގެ ދާއިރާގައި މަސައްކަތް ކުރައްވާ ކޮންމެ މީހަކީ، މިނިވަން މުސްތަގިއްލު ބަޔަކަށް ވެގެން ދާނެކަމަށާއި އިސްލާހު ފާސްވުމުން ބާކައުންސިލްގެ ހިންގާ ކޮމިޓީ ވެގެން ދާނީ ހަމައެކަނި ވަކީލުން އިންތިހާބު ކުރާ ކޮމިޓީއަކަށްކަމަށް ޝުޖާއު ވިދާޅުވި އެވެ. ޝުޖާއު ވިދާޅުވީ މީގެ ސަބަބުން ސަރުކާރުތަކުން ފޯރުވަމުން އައި ނުފޫޒުތަކަށް ނިމުމެއް އައުންކަމަށާއި، ކުރިޔަށް އޮތް ތަނުގައި އެހެން ދާއިރާތަކަށް ވެސް ބަދަލުތައް އަންނަމުން ދާނެކަމަށް ޝުޖާއު ވިދާޅުވި އެވެ.

މެމްބަރު ހުސެއިން ހުށަހެޅުއްވި އިސްލާހުގައި ވަނީ ރަސްމީ އިދާރާތަކުންނާއި ރެޖިސްޓްރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން ދޫކުރާ ލިޔެކިއުންތައް އެއްތަނަކުން އަސްލާއި އެއްގޮތްކަމަށް ތައްގަނޑު ޖަހައިދިނުމާއި ބޭރު ގައުމުތަކުގައި ބޭނުންކުރުމަށްޓަކައި ދިވެހިރައްޔިތުންނަށް ބައެއް ބާވަތްތަކުގެ ލިޔެކިއުންތަކުގައި ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދުނުން ހުއްދަ ކުރުމަށް ވެސް ހިމަނާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: