ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަރުދިޔައާއި ބަތް ކާން ޖެހޭ ހާލަތަށް ވައްޓާލީ ކުރީ ސަރުކާރުން: ގާސިމް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން މިހާ ނިކަމެތި ދަށް ހާލަތަކަށް ވައްޓާލީ އެމްޑީޕީގެ ސަރުކާރުންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން މަޖިލީހުގައި މިއަދު އަނެއްކާވެސް ބަހުސްތަކެއް ކުރެވުނީ މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަނަރުކަމުން އަލީ ހާޝިމް ވަކި ކުރުމަށް ނިންމައި ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރަމުންނެވެ. މިދިޔަ ފަސް އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުއްވިކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވުމުން ގާސިމް ވަނީ އެ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ.

ޣަފޫރު ވިދާޅުވީ މިއަދު ރާއްޖެ އޮތް ހާލަތުގެ ޒިންމާ ކުރީ ސަރުކާރުން ނަގަން ނުޖެހޭކަމަށެވެ. އަދި މާލީ ހާލަތު ދަށްވުމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހެނީ އެމްޑީޕީން ނޫންކަން ގަބޫލު ކުރަން ޣަފޫރު ގޮވާލި އެވެ.

ޣަފޫރު ވިދާޅުވީ ގާނޫނުތައް ހަދައި، ގާނޫނަށް އަމަލު ކުރޭތޯ ނުވަތަ ނޫންތޯ ބެލުމަކީ ގަވަނަރުގެ ޒިންމާއެއް ނޫންކަމަށެވެ. އެހެންކަމުން މަޖިލީހުން ވަކި ގޮތަކަށް ފާސްކޮށް ފައިސާ ޗާޕު ކުރުމަށް އެންގުމުން ގަވަނަރަށް ދެކޮޅު ހެދުމުގެ ފުރުސަތެއް ނޯންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވީމަ ހިނގައިދިޔަ ހުރިހާކަމެއްގައި ގަވަނަރުގެ ޒިންމާ އެބައޮތޯ އަޅުގަނޑުގެ ހަމަ ސުވާލު އުފެދޭ.. އަޅުގަނޑުމެންގެ ވެރިކަން ބަދަލުވެގެން ދިޔައިރު މި ގައުމުގެ އިގްތިސާދު ހުރީ ރަނގަޅަށް.. މި ގައުމަށް އާމްދަނީ ވަންނަމުން ދިޔަ ދުވަހަކު ވެސް ނުވަންނަވަރަށް، ޓޫރިޒަމުން.. ހުރިހާ އިގްތިސާދީ އިންޑިކޭޓަރުތައް ހުރީ ރަނގަޅަށް… މިއަދު ރާއްޖޭގެ އިގްތިސާދު އޮތް ހާލަތަށް އެމްޑީޕީ ޒިންމާ ނަގަން ނުޖެހޭ، ހަރަދު ބޮޑުވެގެން މިއުޅެނީ

ރައްދުގައި ނިޒާމީ ނުކުތާއެއް ނަންގަވައި ގާސިމް ވިދާޅުވީ ޣަފޫރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކަނޑައެޅިގެން ހެއްދެވީ އިތުރުފުޅެއްކަމަށެވެ. އަދި ދައުލަތުން ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް މަޖުބޫރުވީ، ކުރީ ސަރުކާރުތައް ހިމެނޭހެން އެމްޑީޕީން ނެގި ބޮޑެތި ލޯނުތަކުގެ ސަބަބުންކަމަށް ގާސިމް ވިދާޅުވި އެވެ.

ގަރުދިޔައިގެ ވާހަކަ ގާސިމް ނެންގެވީ، ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް އޮފީހުގެ މިނިސްޓަރ އަލީ އާރިފު ދެއްކެވި ވާހަކައަށް ބާރު ދެއްވަމުންނެވެ. ރައްޔިތުން ކާބޯތަކެއްޗާއި އެހެނިހެން ބޭނުންތަކަށް ބޮޑެތި ހަރަދުތައް ކުރުމުގެ

ގާސިމް ވިދާޅުވީ މި ހާލަތަކަށް ގައުމު ވައްޓާލީ، ރައީސް ޑރ. މުހައްމަދު މުއިއްޒުކަމަށް ޣަފޫރަށް ވިދާޅުނުވެވޭނެ ކަމަށެވެ.

މިއަދު ދިވެހި ރައްޔިތުން ނިކަމެތި ހާލުގައި ޖައްސާފައި.. މާދަމާ ގަރުދިޔައާއި ބަތް ކާން ޖެހޭ ހިސާބަށް މި ފޮނުވާލީ މިދިޔަ ސަރުކާރުން.. މައިގަނޑު ގޮތެއްގައި.. 130 ބިލިއަން ރުފިޔާ.. ދައުލަތުގެ ކުންފުނިތައް ދަރުވާލީ އިންތިހާ ދަރަޖައަށް.. ކޮންމެ ޕްރޮޖެކްޓެއް ތިން ގުނަ، ހަތަރު ގުނައިގަ ހިންގާފައި އޮތީ..

ބަދަލުގައި އާދައިގެ ދިރިއުޅުމަކަށް ތިރިވެލުމަށް ގަރުދިޔައާއި ބަތް ކާން ފެށުމަށް އެރޭގެ ޖަލްސާގައި އާރިފް ވިދާޅުވި އެވެ.

އާރިފްގެ ވާހަކައަށް ބޮޑެތި ފާޑުކިއުންތައް ވެސް އަމާޒުވިއިރު، ރައްޔިތުންނާއި އެކު ވެރިން ވެސް އާދައިގެ ދިރިއުޅުމަކަށް ބަދަލުވާން ޖެހޭކަމަށް ރައްދު ދިން މީހުން ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: