ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅިވަރުގައި ނަޒާހާތްތެރިކަން ކުރިއެރުވުމުގެ ކެމްޕެއިން ”ޕަޗަސް“ އިފްތިތާހުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅިވަރުގައި ނަޒާހާތްތެރިކަން ކުރިއެރުވުމުގެ ކެމްޕެއިން ”ޕަޗަސް“ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިފްތިތާހުކޮށްފިއެވެ.

އޭސީސީގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކެމްފެއިން ”ޕަޗަސް“ އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކުޅީވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއު ކަމަށެވެ.

އެ ކެމްޕޭނަކީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ކުޅިވަރުގެ ކަންތައްތަކާއި ބެހޭ ވުޒާރާއާއި ގުޅިގެން  ކުޅިވަރުގެ ދާއިރާގައި ކޮރަޕްޝަނުން ސަލާމަތްކުރުމާއި، ކުޅިވަރުގައި ނަޒާހަތްތެރިކަން ކުރިއެރުވުމުގެ މަގްސަދުގައި އިފްތިތާހުކޮށްފައިވާ ކެމޕޭނެއް ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ކެމެޕޭނުގައި ހިމެނޭ މައިގަނޑު ކަންކަމުގެ ތެރޭގައި ދިވެހިރާއްޖޭގެ ކުޅީވަރުގެ ދާއިރާގައި ހިންގާ ކޮރަޕްޝަނާއި އިދާރީ ހިންގުމުގައި ހުރި ކޮރަޕްޝަންގެ ހިރާސްތައް ދިރާސާކޮށް ފިޔަވަޅު އެޅުމާގުޅޭ އަދި ނަޒާހާތްތެރިކަން ކުރިއެރުވުމަށް ކުރެވޭނެ ކަންކަން ބެލުމަށް އޭސީސީއިން މިހާރުވެސް ކުރަންފަށާފައިވާ ”ކުޅިފަސް“ ދިރާސާ ކުރުމެވެ.

އިދާރާތަކާއި ކުޅިވަރު ޖަމިއްޔާ ޖަމާއަތްތަކާއި އެހެނިހެން  މަސްއޫލުވެރި އިދާރާތަކުގައި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ކޮރަޕްޝަން ރިސްކު ސެލްފް އެސެސްމެންޓު ކުރިއަށް ގެންގޮސް ކޮރަޕްޝަންގެ ހިރާސް އޮތް މިންވަރު ވަޒަންކޮށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ ތަންފީޒު ކުރުމަށް އެހީތެރިވުމަކީވެސް ކެމްޕޭންގެ ތެރެއިން ކުރެވޭނެ ކަންކަމެވެ.

އޭސީސީން ބުނެފައިވަނީ ”ކުޅިފަސް“ ދިރާސާއާއި، ”ހިންމި“ ރިސްކު އެސެސްމެންޓުން ފާހަގަވެގެންދާ ކޮރަޕްޝަންގެ ހިރާސްތައް ކުޑަކުރުމަށް ބެނުންވާ ސިޔާސަތުތައް އެކަށައަޅައި ތަންފީޒުކުރުމަށް އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމަށެވެ. އ

މީގެއިތުރުން ކެމްޕޭނެގެ ދަށުން ކުޅިވަރާއި ގުޅިފައިވާ ކޮރަޕްޝަންގެ ސަބަބުން ލިބޭ ގެއްލުންތަކާއި ކުޅިވަރާއިބެހޭ ނަޒާހަތްތެރިކަން ކުރިއެރުވުމުގެ މައްޗަށް ކުޅިވަރާގޅޭ ދައުލަތުގެ މުވައްޒަފުންނާއި، ޖަމިއްޔާ ޖަމާއަތްތަކުގެ މެމްބަރުންނާއި. އާންމުން ހޭލުންތެރިކުރުވައި ކުޅިވަރުގައި ނަޒާހަތްތެރިކަން ކުރިއެރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: