ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމާ ގުޅޭގޮތުން މަޝްވަރާތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ ސިޔާސަތުގެ ދަށުން ބަންޑާރަ ނައިބުގެ އޮފީހުން، އޮޑިޓަރ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި އެކު ބައްދަލުވުމެއް ބާއްވައިފި އެވެ.

ބައްދަލުވުމުގެ މާބޮޑު މައުލޫމާތެއް ހިއްސާނުކޮށް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބަންޑާރަ ނައިބުގެ އޮފީހުން ބުނީ މިއީ ދަައުލަށް ގެއްލިފައިވާ ފަައިސާ ހޯދުމާއި ގުޅުވައި ބޭއްވި ބައްލުވުމެއް ކަމަށެވެ. އަދި ކަމާއި ގުޅުން ހުރި އިދާރާތަކާއި އެކު ގެންދިޔަ މި ބައްދަލުވުމުގައި ފައިސާ ހޯދުމަށް ކުރެވޭ މަސައްކަތްތަކަށް ވާހަކަ ދެކެވުނުކަމަަށް ބުންޏެވެ.

ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި، އޮޑިޓާރ ޖެނެރަލް ހުސައިން ނިޔާޒީ އަދި ދެ އޮފީހުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ދާދި ފަހުން ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލަ ބަލައި، ހައްގު އަދަބު ލިބެން ޖެހޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމަށް ވިދާޅުވެފަ އެވެ.

ހިޔާނާތުގެ މައްސަލައިގެ ވާހަކަ ރައީސް މުއިއްޒު ދެއްކެވީ ހިޔާނާތުން ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް އެސެޓް ރިކަވަރީ ބިލެއް އެކުލަވާލާނެކަން ހާމަކުރައްވަމުންނެވެ. ރައީސް ވިދާޅުވީ މިހާރު ގާނޫނުތައް އޮތް ގޮތުން، ދައުލަތަށް ގެއްލުނު ފައިސާ ހޯދުމުގައި ދަތިތަކެއް އެބަހުރިކަމަށެވެ. އެ ފައިސާ ހޯދުން އެއީ އެމަނިކުފާނުގެ ވައުދެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުން މިހާރު އެސެޓް ރިކަވަރީ ބިލެއް ޑްރާފްޓު ކުރަމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: