ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫއިން ކަރަންޓު ކެނޑޭ މައްސަލަ މަޖިލީހަށް ބަލައިގަނެ، ބަހުސްއަށް

އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގެ ގުޅިފައިވާ ރަށްތަކުން އަނެއްކާވެސް ކަރަންޓު ކެނޑޭ މައްސަލަ ހައްލުކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައިގައި ވަނީ ރައްޔިތުންގެ ބޮޑު އާބާދީއެއް އޮތް އައްޑޫގެ ރައްޔިތުންނަށް ކަރަނޓު ކެނޑޭ މައްސަލައިގައި ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަށެވެ. އަދި ނިވިދިއްލޭ ބޮއްކެއްހެން ހިދުމަތް ދިނުމުގެ ސަބަބުން، ވިޔަފާރިތަކަށް އޭގެ އަސަރުކޮށް ގޭގައި ހިފާ ގެންގުޅޭ ސާމާނަށް ވެސް ގެއްލުންވަމުންދާކަމަށް ނާޒިލް ހުށަހެޅި މައްސަލައިގައި ވެއެވެ.

ކަރަންޓު ފަދަ އަސާސީ ހިދުމަތެއް މެދުކެނޑުމަކީ، ދިރިއުޅުމުގެ އެހެން ކަންކަމަށް އަސަރު ކުރާނެ ސަބަބެއްގެ ގޮތުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް ވެސް ބުނެފައިވާކަމަށް ނާޒިލް ވިދާޅުވި އެވެ.

މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ސަރުކާރުގެ އަޣުލަބިއްޔަތު އޮތް މެމްބަރުންގެ އިއްތިފާގުން ނިންމެވީ 57 މެމްބަރުންގެ ވޯޓާއި އެކު އެވެ.

މައްސަލަ ހުށަހެޅުއްވުމަށް ފަހު ނާޒިލް ވިދާޅުވީ ކަރަންޓުގެ މައްސަލަ ދިމާވާން މެދުވެރިވީ، ފެންކަ މައި އޮފީހުގެ ވެރިންގެ އިހުމާލުން ކަމަށެވެ. މިދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި ފެނަކައިން މެޝިނަރީތައް އެއްވެސް މިންވަރަކަށް މެއިންޓަނެންސް ނުކުރާކަމަށް ނާޒިލް ވިދާޅުވި އެވެ. އަދި އެކަން އެންމެ ރަނގަޅަށް އެނގޭނީ އައްޑޫގެ ރައްޔިތުންނަށްކަމަށާއި، ފެނަކައަށް ބޭނުންވާ އެއްވެސް އިކުއިޕްމެންޓެއް ވެސް ނުލިބޭކަން އެ ރައްޔިތުން ދަންނާނެކަމަށް ނާޒިލް ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ ހާލަތު ގޯސްވެފައިވާ މިންވަރަކީ، ސަޕްލައި ފެން ނުގުޅައި ހުރި ގެތަކަށް ކަރަންޓާއި އެކު އެ ހިދުމަތް ވެސް ނުލިބޭކަމަށެވެ. މިއީ މި ސަރުކާރަށް ލިބޭ ހަޑި ނަމެއްކަމަށާއި ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް މިކަން ތަކުރާރުވާ މަންޒަރު ކުރިޔަށް އޮތްތަނުގައި ފެނުމުގެ ފުރުސަތު ބޮޑުކަމަށް ނާޒިލް ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ ބޮޑެތި އާބާދީތަކުގެ ރަށްތަކުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުމާއި އެކު، ސަރުކާރު އެޅެނީ ނޭވާ ހޮޅިއަށްކަމަށާއި ވަގުތީ ޖަނަރޭޓަރެއް ފޮނުވައި ގެން ވެސް ކަރަންޓު ދެވޭނެ ގޮތެއް ނެތްކަމަށެވެ.

ތަކުރާރުކޮށް ކަރަންޓުގެ މައްސަލަތައް ދިމާވާއިރު، އެކަން ހައްލު ނުކުރެވެނީ ނާޒިލް ވިދާޅުވި ގޮތުގައި ވެރިންގެ އިހުމާލާއި ނާގާބިލުވުމުގެ ސަބަބުންނެވެ.

އައްޑޫގައި ކަރަންޓުގެ މައްސަލަ އަނެއްކާވެސް ބޮޑުވެ، ކޮންމެ ރެއަކު ވެސް ގިނަ ގަޑިއިރުތަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑެ އެވެ. އަދި އެންމެ ފަހުން ވެސް ފެނުގެ ހިދުމަތުގައި މައްސަލަ ޖެހި އެކަމަށް ވެސް މަޖިލީހުގައި ބަހުސް ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: