ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުއަސާސީ އިސްލާހު ކުރުމުގައި އެއްބާރުލުން ދިނުމަށް، ޑިމޮކްރެޓްސް ސަރުކާރާއި އެކު މަސައްކަތް ކުރުމާއި ދިމާލަށް!

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފާއެކު މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި ސަލާމްކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުއަސާސީއަށް އިސްލާހު ގެނެސް، ދައުލަތަށް ހިންގުމުގެ ނިޒާމަށް ގެނައުމަށް ސަރުކާރުން އިއުލާނުކޮށްފައިވާ ބަދަލުތަކަށް ތާއީދުކޮށް ޑިމޮކްރެޓްސް ޕާޓީން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ބައްދަލު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ލިމިޓުކޮށް، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވަން ޖެހެނީ އެއްކޮށްކަމަށް މީގެ ކުރިން އެމްޑީޕީ ވެސް ވަކާލާތު ކުރި އެވެ. އަދި އެމްޑީޕީން ވަކިވެ، އައު މިސްރާބަކަށް މިވަގުތު މަސައްކަތް ކުރަމުންދާ ޑިމޮކްރެޓްސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމުމުގެ ކުރިޔަށް މަޖިލީހުގެ މެމްބަރުންގެ އަދަދާއި ސިޔާސީ މަގާމުތަކުގައި ކެޕެއް އެޅުވުމަށް އިސްލާހު ހުށަހަޅާފަ އެވެ.

މިއީ ޑިމޮކްރެޓްސް ވެސް ގަބޫލު ކުރާ ބަދަލުތަކަށް ވާތީ، ރައީސްއާއި އެކު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެފައި ވަނީ ޕާޓީގެ ރައީސް ހަސަން ލަތީފާއި ނައިބު ރައީސް މުހައްމައްމަދު ޝިފާޒް (ޝިއްޕެ) އެވެ.

ރައީސް އޮފީހުގައި އިއްޔެ އޮތް ބައްދަލުވުމާއި ގުޅޭގޮތުން ”ސަންގު“ އަށް ހަސަން ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައީސް އިއުލާނު ކުރައްވާފައި ވާތީ އެކަމަށް އެއްބާރުލުން ދިނުމަށް ސަރުކާރަށް ހުށަހެޅިކަމަށެވެ.

ހަސަން ވިދާޅުވީ ސަރުކާރުން ރާއްޖޭގެ މާލީ ހާލަތާއި އިގްތިސާދަށް އެކުލަވާލި ސިޔާސަތަށް އެއްބާރުލުން ދިނުމަށް ވެސް ހުށަހެޅުއްވި ކަމަށެވެ. އަދި އެކަމުގައި ފަންނީ ގޮތުން އެއްބާރުލުން ދެވިދާނެ ބޭފުޅުން ޕާޓީގެ ތެރޭގައި އެބަހުރިކަމަށް ދެންނެވިކަމަށް ހަސަން ވިދާޅުވި އެވެ.

މީގެއިތުރުން ގާނޫނުއަސާސީ އިސްލާހު ކުރުމުގައި، އެ ޕާޓީގެ ވިސްނުންތަކެއް ވެސް ހުރުމާއި އެކު އެކަން ރައީސަށް ހިއްސާ ކުރެއްވިކަމަށް ހަސަން ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: