ރާއްޖޭގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އިންޑިއާގެ ސަފީރު މުނޫ މަހާވަރާއި ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ގެންދިޔައީ ޓޫރިޒަމް މިނިސްޓްރީގައެވެ. ބައްދަލުވުމާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިއީ އުފެންދުންތެރި ބަދަލުވުމެއްކަމަށެވެ. އަދި ގުޅުން ބަދަހިކުރަން ހުރި ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނުކަމަށް ވިދާޅުވިއެވެ.
އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމާއިމެދުވެސް މަޝްވަރާ ކުރެވުނުކަމަށާއި، އިންޑިއާއިއެކު އޮތީ ވަރަށް ރަނގަޅު ގާތް ގުޅުމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ވަރަށް އަވަހަށް މިނިސްޓަރު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަންވެސް ހާމަ ކުރެއްވިއެވެ.
އިންޑިއާގެ ސަރީރާއިއެކު މި ބައްދަލުވުން ކުރިއަށް ގެންދިޔައިރު، ދާދި ފަހުން އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ހާއްސަ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރީ އިންޑިއާއިންނެވެ. އެއީ 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިންނެވެ. ނަމަވެސް މިއަހަރު ރާއްޖެއަށް އިންޑިއާއިން ދަތުރު ކުރި ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
އެގޮތުން އިންޑިއާ އޮތީ ލިސްޓުގެ ހަ ވަނައިގައެވެ.

