ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖޭގެ 20 ރަށެއްގައި ޕީސީއެމްއެސް އިންސްޓޯލްކޮށް ކޮމިޝަން ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ 20 ރަށެއްގައި ޕަވަރ ޕްލާންޓް މޮނިޓަރިންގ ސިސްޓަމް (ޕީސީއެމްއެސް) ޑިޒައިން، ސަޕްލައި، އިންސްޓޯލް އަދި ޓެސްޓުކޮށް ކޮމިޝަން ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއީ ހަކަތައާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހަކަތައާއި ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ތާރިޤް އިބްރާހިމެވެ. އަދި ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ މި ބީލަން ކާމިޔާބުކުރި ޗައިނާގެ ކޮންޓުރެކްޓަރެއް ކަމުގައިވާ ސައިނޯޝޯރ ހައިބުރިޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ގޫ ޖެންޕުންގ އެވެ.

މިއަދު ސޮއިކުރެވުނު 1،166،582 އެމެރިކާ ޑޮލަރުގެ މަޝްރޫޢުގެ މައިގަނޑު ރާއްޖޭގެ 20 ރަށެއްގައި ޤާއިމުކޮށްފައިވާ ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމްތައް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ އެނަރޖީ މެނޭޖްމަންޓް ސިސްޓަމުތައް ހޯދާ އެ ތަންތަނުގައި އިންސްޓޯލުކުރުމެވެ. މީގެ ސަބަބުން އެ ރަށްރަށުގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންވަރު އިތުރުކުރަމަށް މަގުފަހިވެގެންދާނެއެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް – އޭޑީބީގެ އެހީގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއީ ހަކަތައާ ބެހޭ ވުޒާރާއިން ހިންގާ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ

ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް (ޕޮއިސްޑް) ޕްރޮޖެކްޓްއިން ޕަވަރ ޕްލާންޓް މޮނިޓަރިންގ ސިސްޓަމްތައް ޤާއިމުކުރާ 20 ރަށަކީ:
ހއ. ތުރާކުނު، ހއ. އުލިގަމް، ހއ. މޮޅަދޫ، ހއ. ހޯރަފުށި، ހއ. އިހަވަންދޫ، ހއ. ކެލާ، ހއ. ވަށަފަރު، ހއ. ދިއްދޫ، ހއ. ފިއްލަދޫ، ހއ. މާރަންދޫ، ހއ. ތުރާކުނު، ހއ. އުތީމު، ހއ. މުރައިދޫ، ހއ. ބާރަށް، ޅ. އޮޅުވެލިފުށި، ޅ. ކުރެންދޫ، ގއ. ވިލިނގިލި، ށ. ބިލަތްފަހި، ހދ. ފިނޭ އަދި ހދ. ކުމުންދޫ

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން 20 ރަށުގައި ޤާއިމުކުރާ ޕަވަރ ޕްލާންޓް މޮނިޓަރިންގ ސިސްޓަމްތައް ފެނަކައިގެ އިންޖީނުގެތަކުގައި އިންސްޓޯލްކޮށް މި ސިސްޓަމްތަކުގެ އޮޕަރޭޝަން އަދި މެއިންޓެނެންސް 2 އަހަރުދުވަހަށް ބަލަހައްޓާނީ ކޮންޓްރެކްޓަރެވެ. އަދި އޭގެއިތުރުން މި ސިސްޓަމްތަކަށް ފެނަކައިގެ މުވައްޒަފުން އަހުލުވެރިކުރުވުމަށްޓަކައި އެކުންފުނީގެ މުވައްޒަފުންނަށް ތަމްރީނު ދިނުންވެސް އެއްބަސްވުމުގައި އެކުލެވިފައެއެވެ.

ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށާއި އަދި ގޭބިސީތަކުން ކަރަންޓު ބިލަށް ކުރާ ޚަރަދު ކުޑަކޮށް، އިޔާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އެފުއްދުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، އޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ މަންފާ އެންމެހައި ރައްޔިތުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން ދަނީ ރަށްރަށުގައި ޤާއިމުކޮށްފައިވާ ކަރަންޓު އުފައްދާ ނިޒާމުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެ ނިޒާމުތައް ޒަމާނީކޮށް އެނާރޖީ މެނޭޖްމަންޓު ސިސްޓަމު މެދުވެރިކޮށް ކޮންޓްރޯލު ކުރެވޭނެ ގޮތަށްދަނީ ބަދަލުކުރަމުންނެވެ.

ހަކަތައިގެ ޔަގީންކަން އިތުރުކުރުމަށްޓަކައި އިމްޕޯޓްކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ އަދުގެ ސަރުކާރުން ވަރަށް އިސްކަންދޭކަމެކެވެ. މިގޮތުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޤައުމަށް ބޭނުންވާ ކަރަންޓުގެ %33 އަކީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކުން އުފައްދާ ކަރަންޓު ކަމުގައި ހެދުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެވެ. މިހާތަނަށް ރާއްޖޭގައި 67.5 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ޤާއިމުކުރެވިފައިވެއެވެ. އެއީ ޤައުމަށް ބޭނުންވާ ކަރަންޓުގެ ގާތްގަނޑަކަށް 6 އިންސައްތައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: