ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނި އުކާލުމާއި ބޮޑެތި އުޅަނދުތައް މުދާ އުފުލާ ގަނޑިތަކަށް ބަދަލު ގެންނަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުނި އުކާލުމާއި ބޮޑެތި އުޅަނދުތަކުގައި މުދާ އުފުލުން ރޭގަނޑަށް ބަދަލުކުރުމަށް ނިންމާ، އެކަމުގެ މަސައްކަތްތައް ސަރުކާރުން ފަށައިފިއެވެ.

މިކަން އިއުލާނުކޮށްފައިވަނީ ރޭ ޓްރާންސްޕޯޓް މިނިސްޓްރީއިން އިފްތިތާހު ކުރި ”މާލެފަހި ޕްރޮގުރާމް“ ގެ ތެރެއިންނެވެ. ވަކި ސައިޒަކަށް ވުރެ ބޮޑެތި އުޅަނދުތަކުގައި މުދާ އުފުލުން ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް ބަދަލުކުރުމަށް ނިންމާފައިވާއިރު، ކުނި އުކާލުން ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

މިކަމާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ  ކަމާއި ގުޅުން ހުރި މުއައްސަސާތަކުގެ އެހީތެރިކަމާއިއެކު މިކަންކަން ތަންފީޒު ކުރާނީ ގުޅިގެން ޓީމެއްގެ ގޮތުގައިކަމަށެވެ. މި ނިންމުމުގެ ސަބަބުން މާލެއަށް ދިމާވެފައި އޮތް ތޮއް ޖެހުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޓްރެފިކުގެ މައްސަލައަށް ހައްލު ލިބި، އާއްމުންނަށްވެސް ލުއިފަސޭހަވެގެންދާނެކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: