ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސިންގެ ފީ ނުދައްކާތީ ނަން އާންމު ކުރި ކުންފުނިތަކަށް ފައިސާ ދެއްކުމަށް މުއްދަތެއް ދީފި

ރާއްޖޭގައި ދރިއުޅެމުންދާ ބިދޭސީން: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީ މަސައްކަތްތެރިންގެ ފީތަކާއި ޖުރިމަނާގެ ފައިސާ ނުދަައްކައިގެން ނަންތައް އާންމު ކުރި ކުންފުނިތަކަށް މުހުލަތެއް ދީ ފައިސާ ދެއްކުމަށް އަންގައިފި އެވެ.

ރާއްޖޭގައި ބިދޭސީންގެ މަސައްކަތަށް ދޫކުރާ ހުއްދަތަަކަށް ދައުލަތަށް ދައްކަން ޖެހޭ ފަރާތްތަކުން އެ ފައިސާ ނުދައްކާ ކުންފުނިތަކުގެ ނަންތައް ހޯމް މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ. ލައްކައަކަށް ވުރެ ބޮޑު އަދަދެއް ދައްކަން ޖެހޭ ކުންފުނިތަކުގެ ނަންތައް އާންމު ކުރިއިރު މަޝްހޫރު ގިނަ ކުންފުނިތަކުން ބިދޭސީ މަސައްކަތްތެރިންގެ ފީތައް ނުދައްކައިގެން ޖުރިމަނާ ހުރީ މިލިއަނުން މަތީގަ އެވެ. މިނިސްޓްރީން އާންމު ކުރި ލިސްޓު ދައްކާ ގޮތުގައި އެންމެ ބޮޑު އަދަދެެއް ދައުލަތަށް ދައްކަން ޖެހޭ ކުންފުނީގެ ބިލުތަައް 26 މިލިއަން ރުފިޔާއަށް އަރައެވެ.

މި ފައިސާ ނުދައްކާ ކުންފުނިތަކުން އޮގަސްޓު 12 ގެ ކުރިން ފީތައް ދެއްކުމަށް ހޯމް މިނިސްޓްރީން މިހާރު ވަނީ އަންގާފަ އެވެ.

ފީތަކާއި ޖޫރިމަނާތަކުގެ ޢަދަދު ލައްކައަކަށްވުރެ މައްޗަށް އަރާފައިވާ 1026 ކުންފުޏެއްގެ ނަމާއި، ދައްކަން ޖެހޭ ފައިސާގެ ތަފްސީލު ހިމެނޭ ލިސްޓެއް ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމު ކުރީ މިދިޔަ ހަފްތާގަ އެވެ. ސިޔާސީ މަގާމުތަކުގައި ކުރީ ސަރުކާރުތަކާއި މި ސަރުކާރުގައި ތިބި ބައެއް ބޭފުޅުންގެ ކުންފުނިތަކާއި އެކު ވަކިވަކި ފަރުދުން ވެސް ލިސްޓުގައި ހިމެނެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ކުންފުނިތަކުގެ ތަފްސީލު ނަގާފައި ވަނީ، އެކްސްޕަޓް ސިސްޓަމުން މި މަހުގެ 23 ގެ ނިޔަލަށް ހުރި ތަފާސްހިސާބުތަކެވެ. މި ދުވަހާ ހަމައަށް ކެންސަލްކޮށްފައި ނުވާ ވޯކް ޕާމިޓްތަކުގެ ފީ ބަލާފައިވަނީ ދައްކަންޖެހޭ ފީގެގޮތުގަ އެވެ.

މި ލިސްޓުގައިވާގޮތުން ޖޫރިމަނާގެ ގޮތުގައި އެންމެ ބޮޑު އެއްޗެއް ދައްކަންޖެހޭ ފަރާތުގެ ޖޫރިމަނާވެސް 26.8 މިލިޔަން ރުފިޔާއަށްވުރެ މައްޗަށް އަރައެވެ. މީގެ ތެރޭގައި ވޯރކް ޕަރމިޓް ފީގެ ގޮތުގައި ދައްކަންޖެހޭ 24 މިލިޔަނަށްވުރެ ގިނަ ރުފިޔާއާއި، ކޯޓާ ފީގެ ގޮތުގައި ދައްކަންޖެހޭ 2 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: