ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތަށް ދައްކަން ޖެހި ނުދައްކައި އޮތް 15.4 ބިލިޔަން ރުފިޔާ ހޯދުން ނޫން އެހެން ގޮތެއް ނެތް: ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެކި ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހި ނުދައްކައި އޮތް 15.4 ބިލިޔަން ރުފިޔާ ހޯދުން ނޫން އެހެން ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާ މެންބަރު އަދި މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ނާޒިމު އާއްމުކުރެއްވި ތަފާސް ހިސާބުތައް ދައްކާގޮތުން ޓެކުހުގެ ގޮތުގައި ވިޔަފާރިވެރިންނާއި ފަރުދުން ދައުލަތަށް ދައްކަން ޖެހޭ 7.76 ބިލިއަން ރުފިޔާ ނުދައްކައި އެބަ އޮތެވެ. އަދި އެހެނިހެން ގޮތް ގޮތުން ދައްކަން ޖެހި ނުދައްކައި އޮތް 7.68 ބިލިއަން ރުފިޔާ އާ އެކު ވިޔަފާރިތަކާއި ފަރުދުން ދައުލަތަށް ދައްކަން ޖެހޭ ޖުމްލަ 15.4 ބިލިޔަން ރުފިޔާ އޮތީ ނުލިބިއެވެ.

އެ ހިސާބުތަކަކީ ނާޒިމް ވިދާޅުވި ގޮތުގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާކޮށްފައިވާ ހިސާބުތަކެކެވެ. އެ ފައިސާއަކީ ޖޫރިމަނާ އާއި އިންޓްރެސްޓާ އެކު ދައުލަތަށް އެކި ތަންތަނުން ދައްކަން ޖެހޭ ފައިސާ އެވެ. އޭގެ ތެރެއިން ބިލިއަނުން ފައިސާ ދައްކަން ޖެހެނީ ލޭންޑް ރެންޓް އަދި ސީއެސްއާރް، ޖީއެސްޓީ، ޓީޖީއެސްޓީ އަދި ކޯޕަރޭޓް އިންކަމް ޓެކްސް ގޮތުގައެވެ.

ރިސޯޓުތަކާއި ވިޔަފާރިތަކުން ބިމު ކުއްޔާއި ޓެކްސްގެ ގޮތުގައި ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 13 ބިލިއަން ރުފިޔާ އަށް އަރާ ކަމަށާއި ކޯޓަށް ގޮސްގެން ވިޔަސް އެ ފައިސާ ހޯދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: