ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯޕް އައިލެންޑް ތަރައްގީ ކުރާނީ، ދ. ވާނީގައި!

ހޯމް މިނިސްޓަރު އަލީ އިހުސާން/ ފޮޓޯޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބި ކުދިންނަށް ބޭނުންވާ ފަރުވާއާއި ރިހެބިލިޓޭޝަން ޕްރޮގްރާމަށް ވަކި މަރުކަޒެއް ގާއިމު ކުރުމުގެ ނިންމުން ތަންފީޒު ކުރާނެ ރަށަކަށް ދ. އަތޮޅު ވާނީ ހަމަޖައްސައިފި އެވެ.

ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި އެކި ސަބަބުތަކަށް ޓަކައި ކުށަށް އަރައިގަންނަން މެދުވެރިވާ ކުޑަކުދިންނަށް ބޭނުންވާ ފަރުވާއާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ބަޔާންކުރާ ”ލޯންގް ޓާރމް ރެސިޑެންޝަލް ކެއަރ ފެސިލިޓީ“ މީހުން ދިރިނޫޅޭ ވަކި ރަށެއްގައި ގާއިމުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.

 ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ ވިދާޅުވީ، ހޯޕް އައިލެންޑަށް ގެންދާ ކޮންމެ ކުއްޖަކު ވެސް 18 އަހަރު ވަންދެން އެތަނުގައި އުޅޭނެ ކަމަށެވެ. އެއަށްފަހު ދިވެހި ފުލުހުން ނުވަތަ ދިވެހި ސަފައިންގެ ޚިދުމަތުންކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ހިދުމަތް ކުރަންޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އެއަށްފަހު އެކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުޞަތު ދެވޭނެކަންވެސް ފާހަގަ ކުރެއްވިއެވެ. އަދި ޖިނާޢީ ކުށެއް ކޮށްގެން ކުޑަކުދިން ޒިންމާވާން ޖެހޭ އުމުރު ކުޑަކުރުމުގެ މަސައްކަތް ފަށާފައިވާކަން ވެސް ހާމަކުރެއްވި އެވެ.

މި މަސައްކަތުގެ އިތުރު މައުލޫމާތުތައް ދެއްވައި އިހުސާން ވިދާޅުވީ، ކުށުގެ ވެށީގައި އުޅޭ ކުދިން ރިހެބިލިޓޭޓު ކުރުމަށް ކަމާއި ގުޅޭ ފަރާތްތަކާއި އެކު މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފައިވާކަމަށެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ މިހާރު ހަމަޖައްސާފައިވާ އުސޫލުގެ ތެރެއިން ވާނީގައި އެއްފަހަރާ 400 ކުދިން ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރެވޭނެ ކަމަށެވެ.

ކޮންމެ ދުވަހެއްގެ ފަތިސް ނަމާދުން ފެށިގެން، ދީނުގައި މަޖުބޫރުކުރާ ހުރިހާ ކަމެއް އެ ކުދިން ލައްވައި ކުރުވައި، ރަސްމީ ތައުލީމާއި ކަސްރަތު ކުރުން އަދި އެކި ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ބަންދު ދުވަސްތަކުގައި އެ ކުދިން ކައިރިއަށް އެއްފަހަރާ 60 އާއިލާ ގޮސް ތިބެވޭނެ ގޮތަށް އެކޮމޮޑޭޝަން ހަމަޖައްސާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އާއިލާތަކަށް ރައްކާތެރި މާހައުލެއް ނުދެވިފައި އަދި މުޖުތަމައު އެ ކުދިންނަށް ރައްކާތެރި މާހައުލެއް ނުދެވިފައި އޮތް އޮތުމުގައި ހައްލަކަށް އަޅުގަނޑުމެން މި ގެންނަނީ މި ދަންނަވާ ހޯޕް އައިލެންޑު. ހޯޕް އައިލެންޑޭ މި ކިޔަނީ، އުއްމީދެއް މި ގެނެސް ދެނީ މި ކުދިންނަށް ވެސް އަދި ކުދިންގެ މައިންބަފައިންނަށް ވެސް އެ ކުދިން އުޅެމުންދާ މުޖުތަމައު އަދި މުޅި ގައުމަށް ވެސް ދެނީ އުއްމީދެއް މިހާރު ކުށުގެ މާހައުލުގައި އަދި ކުށަށް އަރައިގަތުމުގެ ރިސްކުގައި މި ތިބަ ކުދިން، ކުރިއަށް އޮތް ތަނުގައި ގައުމުގައި ބޭނުންތެރި ބަޔަކަށް، ޒުވާނުންތަކަކަށް ހެދިގެންދާނެ އެކަމުގެ އުއްމީދުގައި. ވަޒީރު އިޙްސާން

ކުށުގެ ވެށިން ކުޑަކުދިން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސަރުކާރުން ވަނީ ކުޑަކުދިންގެ އަދުލުގެ ނިޒާމް ފުރިހަމަ ކުރުމަށްޓަކައި ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ކަމަށް މިހާރު ކަނޑައަޅާފައިވާ 15 އަހަރުގެ ބަދަލުގައި 12 އަހަރަށް ދަށްކުރުމަށް ނިންމައިފައެވެ.

އިހުސާން ވިދާޅުވީ ގާނޫނު މިހާރު އޮތް ގޮތުން ވެސް އުމުރުން 15-18 އަހަރާ ދެމެދުގެ ކުދިން ޖިނާއީ މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ކަމަށެވެ. ނަމަވެސް، ކުށުގެ ޒިންމާ އުފުލާ އުމުރު ދަށްކުރަނީ 12-15 އަހަރާ ދެމެދުގެ ކުދިން ކުށްތަކަށް ވައްދާ ވަރު އިތުރުވެފައިވާތީ ކަމަށާއި އެ ކުދިން ވެސް ކުށުގެ މާހައުލަށް ހޭނިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، ގާނޫނަށް ބަދަލުތައް ގެނައި ނަމަވެސް އުމުރުން 12-15 އަހަރާ ދެމެދުގެ ކުދިން ޖަލަށް ލުމުގެ އެއްވެސް ވިސްނުމެއް ނޯންނާނެ އެވެ. އެ ބަދަލުތައް ގެންނައިރު ގާނޫނުގައި އެކަން ބަޔާންކުރާނެކަން ފާހަގަކުރެއްވިއެވެ.

ޖިނާޢީ ކުށެއްގެ ޒިންމާ ކުޑަކުއްޖަކު މިހާރު ނަގަންޖެހޭ ޢުމުރަކީ 15 އަހަރެވެ. ނަމަވެސް ޒިންމާ ނަގަންޖެހޭ ޢުމުރު 12 އަހަރަށް ކުޑަކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

އިހުސާން ވިދާޅުވީ، 12 އަހަރުގެ ކުޑަކުދިންވެސް ތަފާތު ބާވަތްތަކުގެ ކުށްތަކަށް އަރައިގަންނަމުން އަންނަ ކަމަށާއި، ކުށުގެ މާޙައުލުން އެކުދިން ދުރުކުރެވޭނީ އެ ކުދިންނަށް ވެސް ގާނޫނީ ގޮތުން ފިޔަވަޅު އެޅިގެން ކަމަށެވެ. އެގޮތުން ޖިނާއީ ކުށެއްގެ ސަބަބުން ޒިންމާ ނަގަން ޖެހޭ ޢުމުރު 12 އަހަރަށް ކުޑަކުރުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހާއިއެކު މިހާރު ފަށާފައިވާކަން ފާހަގަކުރެއްވި އެވެ.

ޒިންމާ ނަގަންޖެހޭ ޢުމުރު 12 އަހަރަށް ކުޑަ ކުރެވުމާއެކު 12 އަހަރުގައި ކުށަށް އަރައިގަންނަ ކުދިންވެސް ރީހެބިލިޓޭޓްކުރުމަށް ހޯޕް އައިލެންޑަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: