ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް މެމްބަރުންގެ އަދަދު ލިމިޓު ކުރަން އެމްޑީޕީ ތާއީދު، ޕާޓީގެ ތެރޭގައި އިތުރަށް މަޝްވަރާ ކުރަނީ!

ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށް ގެންދިޔަ ކޮމިޓީ ބައްދަލުވުން/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންމެ ދައުރެއްގައި އިތުރުވަމުންދާ މައްސަލަ ހައްލުކޮށް، ވަކި އަދަދަކަށް ލިމިޓު ކުރުމަށް ގާނޫނުއަސާސީއަށް ހުށަހެޅުމަށް ގަސްތުކުރާ އިސްލާހަށް އިދިކޮޅު މައިޕާޓީ އެމްޑީޕީއިން ތާއީދުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވާ މައްސަލަ ހައްލުކޮށް، ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހުތަކަށް މަސައްކަތް ކުރުމަށް އެންމެ ބޮޑަށް ވަކާލާތު ކުރަމުން އައި ޕާޓީއަކީ އެމްޑީޕީއެވެ. އެގޮތުން ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ އެއްކޮށްކަމަށް ވެސް މީގެ ކުރިން އެ ޕާޓީން ތާއީދުކުރި އެވެ.

ދައުލަތް ހިންގުމުގެ ނިޒާމަށް ގެނައުމަށް ނިންމަވާފައިވާ ބަދަލުތަކުގެ ތެރެއިން، ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވި އެއްކަމަކީ މަޖިލިސް މެމްބަރުންގެ އަދަދު ލިމިޓު ކުރުމެވެ. އެ އިސްލާހުގު ވާހަކަ ރައީސް ހާމަކުރެއްވުމުގެ ކުރިޔަށް، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެކަމަށް މެމްބަރުންގެ ހިޔާލު ހުރި ގޮތް ހޯދުމަށް މަޖިލީހަށް ހުށަހެޅިއިރު ހުރިހާ މެމްބަރުން ވެސް އެކަމަށް ތާއީދު ކުރެއްވި އެވެ.

އެ ގަރާރަށް ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދުމަށް ކުރިޔަށް ގެންދިޔަ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެފައި ވަނީ ޕާޓީގެ ލީގަލް ޑިރެކްޓަރ މަހުފޫޒް ސައީދާއި، ތަރުޖަމާނު އަނަސް އަބްދުއްސައްތާރެވެ. އަދި އެ ކޮމިޓީގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވެސް ހުންނަވަ އެވެ.

މި ބައްދަލުވުމުގައި އެމްޑީޕީން ވަނީ، ކޮންމެ ފަސް އަހަރަކުން އާބާދީގެ ނިސްބަތަށް އަންނަ ބަދަލުތަކާއި އެކު މަޖިލީހުގެ މެމްބަރުންގެ ގޮނޑިތައް އިތުރުވާތީ އެކަން ހައްލު ކުރަން ތައީދުކޮށްފަ އެވެ. އެމްޑީޕީން ބުނި ގޮތުގައި، ނިސްބަތުން ގިނަ އަދަދެއްގެ މެމްބަރުން މަޖިލީހުގައި ތިބުމަކީ މަތިބަރުވެގެން ދާނެ ސަބަބެކެވެ.

އަޅުގަނޑުމެންގެ ވިސްނުމަކީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެންނޭ މި ބާވަތުގެ އިސްލާހެއް ގެންނަންވާނީ، އަޅުގަނޑުމެން ދައްކަން މިއުޅެނީ ދައުލަތުގެ އެއްބާރަށް އިންތިހާބު ކުރަންޖެހޭ މެންބަރުން އިންތިހާބު ކުރުމުގައި ކަނޑަައަޅާނެ ގޮތްތައް.

ކޮމިޓީގައި ވާހަކަ ދައްކަވަމުން އަނަސް ވިދާޅުވީ، ދައުލަތުގެ ތިން ބާރުގެ ތެރެއިން ގާނޫނު ހަދާ ބާރަށް އިންތިހާބު ކުރަން ޖެހޭ މެމްބަރުންގެ އަދަދު ކަނޑައެޅުމުގައި ގިނަ މަޝްވަރާތަކެއް ކުރަން ޖެހޭކަމަށެވެ. އަދި މިއީ ދައުލަތުގެ އެއްބާރުގެ މެމްބަރުންގެ އަދަދާއި ގުޅުން ހުރި ކަމަކަށްވާތީ، ނަތީޖާއާއި މެދު ވެސް ވިސްނުމަށް އަނަސް އެދިވަޑައިގަތެވެ.

މީގެއިތުރުން މަހުފޫޒް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ވަކި ވަރެއްގައި ހިފެހެއްޓިފައި އޮތުމަށް ތާއީދު ކުރާކަމަށެވެ. އަދި ގާނޫނުއަސާސީގައި ވެސް އެކަން ބަޔާންކުރެވިފައި އޮތުން ރަނގަޅުކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ސަބަބަކީ، ގާނޫނުއަސާސީގައި މިހާރު ބުނާ 5000، 10،0000 އަށްބަދަލު ކުރުމުން ވެސް އެ ބަހުސް ފަހުގެ ތާރީހެއްގައި ކުރަން ޖެހުމެވެ.

އެމްޑީޕީން މިއަދު ބުނެފައި ވަނީ، އެ ޕާޓީގެ ހިޔާލު ހުރި ގޮތް ތަފްސީލުކޮށް ކަރުދާހެއްގެ ގޮތުގައި ހުށަހަޅާނެ ކަމަށެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރީ، އެ ގަރާރަށް ތާއީދުކޮށް ގެންގުޅޭ ވިސްނުންކަމަށް ވާތީ އަދަދު ކަނޑައެޅިދާނެ ގޮތުގެ ފޯމިއުލާއެއް އެއްވެސް މެމްބަރަކު ހުށަހަޅުއްވާފައި ނުވެ އެވެ.

ރާއްޖޭގެ ގާނޫނުތައް މިހާރު އޮތް ގޮތުން، ކޮންމެ އިދާރީ ދާއިރާއެއްގައި ރެޖިސްޓްރީކޮށްފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިބެން ޖެހެ އެވެ. އަދި އިދާރީ ދާއިރާއެއްގައި ރެޖިސްޓްރީކޮށްފައިވާ އާބާދީގެ 5000 އަށް ވުރެ އިތުރު ނުވާނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރަކު އިންތިހާބު ކުރަން ޖެހެ އެވެ.

މަޖިލިސް މެމްބަރުންގެ އަދަދުގައި ކެޕެއް އެޅުވުމަށް، ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމެން ގާތްވެފައި ވަނިކޮށް އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން ހުށަހެޅި އެވެ. އެކަމަކު އެ ބިލު އަނބުރާ ގެންދިޔައީ، ދައުރު ނިމުމާއި އެކު އެ މަސައްކަތް ވެސް އުވިގެންދާނެތީ އެވެ.

ގާނޫނުއަސާސީއަށް ގެންނަ އިސްލާހަށް ތާއީދު ކުރައްވައި، ޑިމޮކްރެޓްސް ޕާޓީ ވެސް ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލު ކުރި އެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: