ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް އެތެރެ ކުރަން އުޅުނީ 15 ކިލޯގެ ކެނަބިސް، އަގު 12 މިލިއަނަށް އަރާ!

ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 15 ކިލޯގެ މަސްތުވާތަކެތި
ޝެއާރކޮށްލާ ކަހަލަދޯ؟

ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރުމަށް މަސައްކަތް ކުރި 15 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މިއީ ވައިގެ މަގުން މިހާ ބޮޑު އަދަދެއް އެތެރެ ކުރުމަށް މަސައްކަތް ކުރަނިކޮށް އަތުލައިގަތް ފުރަތަމަ ފަހެރެވެ. މީގެ ކުރިން ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ ކަނޑުމަގުންނެވެ.

މި މައްސަލައިގެ މައުލޫމާތުތައް ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ނާކޮޓިކްސް ކޮންޓްރޯލްގެ އޮޕަރޭޝަންސް ހެޑް ޗީފް އިންސްޕެކްޓަރ އިބްރާހިމް އިމްރާން ވިދާޅުވީ މި މައްސަލައިގައި އުމުރުން 44 އަހަރުގެ ފިރިހެނަކާއި، 41 އަހަރުގެ މެލޭޝިއާގެ ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށެވެ. އަދި ދެ މީހުންގެ ބަންދަށް ފަސް ދުވަސް ކޯޓުން ޖަހައިދީފައިވާތީ އެ މީހުންނާއި ސުވާލުކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް އިމްރާން ވިދާޅުވި އެވެ.

އާންމުކޮށް މިފަދަ މައްސަލަތުގައި ދިވެހިންގެ ބައިވެރިވުން ވެސް އޮންނާތީއާއި، އަދި ރާއްޖެއަށް އެތަކެތި އެތެރެ ކުރާނީ ވިޔަފާރި އުސޫލުން ވިއްކުމަށް ވަކިބަޔަކާއި ގުޅިގެންކަމަށްވުމުން ދިވެއްސެއްގެ އެއްވެސް ބައިވެރިވުމެއް ހިމެނޭތޯ ބަލަމުންދާކަމަށް އިމްރާން ވިދާޅުވި އެވެ. މިހާތަނަށް ބެލިބެލުމުން ހަތަރު ގައުމެއްގެ މީހަކެއްގެ ބައިވެރިވުން އޮތްކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

މައްސަލައިގައި ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރ މުހައްމަދު މަސީހު ވިދާޅުވީ މަސްތުވާތަކެތި އަތުލައިގަތީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު އީކޭއޭގެ ފްލައިޓުން ރާއްޖެއައި މެލޭޝިއާގެ މީހާގެ އަތުންކަމަށެވެ. އަދި އޭނާގެ ލަގެޖު ބަލައި ފާސްކުރީ، ގާނޫނާއި ހިލާފުތަކެތި ހުރިކަން ފާހަގަވެގެންނެވެ.

މީގެއިތުރުރުން ކަސްޓަމްސްގެ އިންޓެލިޖެންސް ހެޑް ސުޕްރިޑެންޓެންޓް އޮފް ކަސްޓަމްސް މުހައްމަދު އަފްޒަލް ވިދާޅުވީ މަސްތުވާތަކެތި ބަންދުކޮށްފައި ހުރީ ޕެކެޓުތަކެއްގައި ކަމަށެވެ. އަދި އެތަކެތި ގެނައި މެލޭޝިއާ މީހާ ރާއްޖެއައީ ބޭންކޮކްއިން ފުރައިގެން ދުބާއީ މަގުންނެވެ.

މަސްތުވާތަކެތި އެތެރެކޮށް، މެލޭޝިއާ މީހާ މަސައްކަތް ކުރީ އެނބުރި ގައުމަށް ދާށެވެ. އަދި ޝައްކު ކުރެވޭ ހާލަތެއްގައި އޮޅުވާލުމުގެ ގޮތުން، ދަތުރު ކުރާ ރޫޓު އޮޅުވާލުމަށް މަސައްކަތް ކުރިކަން ތަހުގީގަށް ވަނީ ފާހަގަކުރެވިފަ އެވެ.

ފުލުހުން ބުނި ގޮތުގައި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 12.4 މިލިއަން ރުފިޔާއަށް އަރާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: