ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މިނިސްޓަރ ފައިސަލް އިންޑިއާއަށް!

ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ބޮލީވުޑްގެ ދެ ތަރިންނާއި އެކު/ ފޮޓޯ: ފައިސަލް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ބާއްވާ ”ވެލްކަމް އިންޑިއާ 2024“ ރޯޑްޝޯގައި ބައިވެރިވެވަޑައިގަތުމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް މިއަދު އިންޑިއާއަށް ވަޑައިގަންނަވައިފިއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އަދި ނޭޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން ގުޅިގެން ބާއްވާ މި ރޯޑްޝޯގައި ތިން ސިޓީއެއްގައި ބާއްވާ ގޮތަށް ހަމަޖެހިފައި ވެއެވެ.

މި ރޯޑްޝޯތައް ބޭއްވުމަށް ހަމަޖެހިފައިވަނީ:

  • ޖުލައި 30 ގައި – ނިއުދިއްލީގައި
  • އޮގަސްޓް 1 ގައި – މުމްބާއީގައި
  • އޮގަސްޓު 3 ގައި – ބެންގަލޫރުގައި

މި ރޯޑްޝޯގެ މައިގަނޑު މަގްސަދަކީ އިންޑިޔާގައި ރާއްޖޭގެ ފަތުރުވެރިކަން މާކެޓްކޮށް އަދި ޕްރޮމޯޓުކުރުމާއި، އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ. މީގެ އިތުރުން ރާއްޖެއަށް އިންޑިޔާއިން ދަތުރުކުރާ އެއާލައިން އިތުރުކުރުމަށްޓަކައި ފަތުރުވެރިކަމުގެ ވުޒާރާއިން އިންޑިއާގެ ކަމާ ގުޅުންހުރި ފަރާރްތަކާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: