ސަރުކާރުގެ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ހަރުގެ ޖަލްސާއެއް މާދަމާ ރޭ ”ޕީއެންސީ ހައުސް“ ގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
މާދަމާ ރޭ ޕީއެންސީ ޖަލްސާ ހަރުގޭގައި ބެއްވުމަށް ހަމަޖެހިފައި ވަނީ 21:00 ގަ އެވެ.
މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒާއި، ކެބިނެޓު ވަޒީރުން އަދި ސަރުކާރުގެ އިސް މަގާމުތައް އަދާކުރައްވާ ބޭފުޅުން ހަރުގެ ރަސްމީކޮށް ހުޅުވި ޖަލްސާގައި ބައިވެރިވި އެވެ.
އެއަށް ފަހުން މިހާތަނަށް ކޮންމެ ހަފްތާއެއްގައި ވެސް ވަނީ ބައެއް މަޖިލިސް މެމްބަރުން ބައިވެރިވެ ހަރުގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

