ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްއާރުސީއެމް ގެ މިހާރު އޮތް ”ބީ‘ ސްޓޭޓަސް އިން ”އޭ“ ސްޓޭޓަސް އަށް ބަދަލު ކުރުމަށް ކޮމިޝަން މެންބަރުންގެ ދީން ބަދަލު ކުރަން ނުޖެހޭ: ހަބީބް

އިސްމާއީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މިހާރު އޮތް ”ބީ‘ ސްޓޭޓަސް އިން ”އޭ“ ސްޓޭޓަސް އަށް ބަދަލު ކުރުމަށް ކޮމިޝަން މެންބަރުންގެ ދީން ބަދަލު ކުރަން ނުޖެހޭނޭކަމަށް އިސްމާޢީލް ޙަބީބު ވިދާޅުވެއްޖެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް އެޗްއާރުސީއެމް ގެ މެންބަރުކަމަށް ކުރިމަތިލެއްވި، އީސީގެ ކުރީގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން، ކުރެއްވި އިންޓަރވިއު ގައި، އެ ކޮމިޓީގެ މުޤައްރިރު ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ އާއި، ހުރާދާއިރާގެ މެންބަރު ޑރ، އަނާރާ ނަޢީމު، އެޗްއާރުސީއެމް ގެ ތަސައްވުރު ރަނގަޅު ކުރުމަށް އިސްމާޢީލް ޙަބީބަށް ކުރެއްވިދާނެ ކަންތައްތަކާ ބެހޭގޮތުން ކުރެއްވި ސުވާލުގެ ޖަވާބުގައި، ގިނަ ކަންތައްތަކެއްގެ ވާހަކަ އޭނާ ވަނީ ހިއްސާ ކުރައްވާފައެވެ.

ހަބީބު ވިދާޅުވީ އެޗްއާރުސީއެމް ގެ މެންބަރުކަން ލިބިއްޖެނަމަ، އޭނާ މަސައްކަތް ކުރައްވާނީ ޤާނޫނުއަސާސީ އާއި، ޤާނޫނުތަކުގެ ތަރަހައިގައި ކަމަށާއި، އދ ގެ އިންސާނީ ޙައްޤު ކުރިއެރުވުމަށް ޖެނީވާ ގައި ޤާއިމު ކުރެވިފައިވާ މެކޭނިޒަމްގެ ތެރޭގައިވާ ގްލޯބަލް އެލަޔަންސް އޮފް ނޭޝަނަލް ހިއުމަން ރައިޓްސް އިންސްޓިޓިއުޝަން (GANHRI) ގައި އެޗްއާރުސީއެމް ހިމެނި ލިބިފައިވާ B ސްޓޭޓަސް، A ސްޓޭޓަސް އަށް ބަދަލު ކުރުމަށް ކޮމިޝަން މެންބަރުންގެ ދީން ބަދަލު ކުރަން ނުޖެހޭނޭ ކަމަށާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަޤްވާމީ މުޢާހަދާ ތަކާ ގުޅިގެން ދިވެހިރާއްޖޭގައި ޢަމަލު ކުރަންޖެހޭނީ އިސްލާމް ދީނާއި ރާއްޖޭގޭ ޤާނޫނުއަސާސީ ގައި ޢަމަލު ކުރަމުންދާ އުސޫލްތަކުގެ އަލީގައި ކަމަށާއި، އޭޝިޔާ ޕެސިފިކް ފޯރަމުގައި މިކަމާ ގުޅޭގޮތުން ކަންއޮތްގޮތް އިތުރަށް އޮޅުންފިލުވައިދީގެން ސްޓޭޓަސް ހޯދަން ފެނިވަޑައިގަންނަވާ ކަމަށް މިއަދުގެ އިންޓަރވިއު ގައި އޭނާ ވިދާޅުވިއެވެ.

ޙަބީބު ފާހަގަ ކުރެއްވި ގޮތުގައި، އެޗްއާރުސީއެމް އާ މެދު މީހުން ދެކޭގޮތް ބަދަލު ކުރަންޖެހެއެވެ. މިގޮތުން، އެންމެ ފުރަތަމަ ކަމަކަށް އޭނާ ފާހަގަ ކުރެއްވީ، ޤާނޫނުއަސާސީގައި ބަޔާންވެގެންވާ އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރާ ސަޤާފަތެއް ރާއްޖޭގައި އަށަގެންނެވުމުގެ މުހިންމު ކަމެވެ. އެގޮތުން، އެޗްއާރުސީއެމް އާ މެދު ދެކޭގޮތް ރަނގަޅުކޮށް ހޭލުންތެރި މުޖްތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރުމާއި، އެޗްއާރުސީއެމް އާ މެދު އެކި މުއައްސަސާތަކުން ދެކޭގޮތް ރަނގަޅުކުރުމަށް މަސައްކަތްކުރުން، މީޑިޔާތަކާ ގުޅިގެން ދިގު މުއްދަތަކަށް ކެމްޕެއިނެއް ފެށުމާއި، މަދަނީ ޖަމްޢިއްޔާ ތަކާއެކު މީހުން ހޭލުންތެރި ކުރުވުމާއި މީހުން ތަމްރީން ކުރުމާއި، ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި މީޑިޔާ ތަކާއެކީ ގާތްގުޅުމެއް އަށަގެންނެވުން އަދި އެޗްއާރުސީއެމް ޙަޤީޤީ ދައުރަށް ޢާންމުން ހޭލުންތެރިކުރުވުން ހިމެނެއެވެ.

ޙަބީބު އިންޓަރވިއުގައި ފާހަގަ ކުރެއްވިގޮތުގައި، ޤާނޫނުއަސާސީގައި ބަޔާންވެގެންވާ އިންސާނީ ޙައްޤުތަކަށް ރާއްޖޭގައި ޤާއިމް ކުރުމަށް މަސައްކަތްކުރުމުގެ ގޮތުން، ދިވެހިންނަށް ނުލިބިދާ ޙައްޤުތަކާމެދު ވަކާލާތުކޮށް އެ ޙައްޤުތައް ކަށަވަރުކުރުމަށް މަސައްކަތްކުރުމުގެ މައްޗަށް ވާހަކަ ދެއްކެވިއެވެ. މިސާލެއްގެ ގޮތުން، ރަށްވެހިވުމުގެ ޙައްޤާއި، ގޯތި ގެދޮރުގެ ޙައްޤުގެ ވާހަކަ ޚާއްސަ ގޮތެއްގައި ފާހަގަ ކުރެއްވިއެވެ. މާލޭން އެންމެފަހުން ގޯތި ދިންގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކުރެއްވިއެވެ.

މީގެ އިތުރުން އެޗް. އާރު. ސީ. އެމުން ޢާންމުންނަށް ދޭ ޚިދުމަތްތައް އޮޓެމޭޓް ކުރުމާއި، މުއައްސަސާތަކާއެކީގައި ގުޅުން ބަދަހިކުރުމާއި، އެޗްއާރުސީއެމް ގެ މުވައްޒަފުންނަށް ޙައްޤު މިންވަރު ހޯދައިދިނުމުގެ މައްޗަށް ވާހަކަ ދައްކަވައި، އެޗްއާރުސީއެމް ގެ މުވައްޒަފުންގެ މުސާރަ އެހެން މިނިވަން މުއައްސަސާތަކާ އަޅާ ބަލާއިރު ކުޑަކަމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ހޯދުމުގެ މައްޗަށް ވާހަކަ ދެއްކެވިއެވެ. އަދި ހަމައެހެންމެ، ރާއްޖެއަށް އަންނަ ބިދޭސީންނާ މެދު ޢަމަލު ކުރެވޭގޮތް މިހާރަށްވުރެ ރަނގަޅު ނިޒާމަކުން ބަލަހައްޓަން ޖެހޭކަން ފާހަގަ ކުރެއްވިއެވެ.

ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ ގެ 10 ވަނަ ބައްދަލުވުމުގައި އެޗްއާރުސީއެމްގެ މެންބަރުކަމުގެ އަސާސީ ޝަރުޠުތައް އިސްމާޢީލް ޙަބީބު ގެ ހަމަވާކަން ކޮމިޓީން ފާސްކުރެއްވިއެވެ. މިއަދުގެ ކޮމިޓީގެ ނިންމުން ދެންދާނީ މަޖިލީހުގެ ތަޅުމަށެވެ. އެޗްއާރުސީއެމް އަށް ޙަބީބު ޢައްޔަނުކަން ފެނޭތޯ ނުވަތަ ނޫންތޯ ނިންމަވާނީ މަޖިލީހުގެ ތަޅުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: