ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުން ފެނަކައާއި ހަވާލު ކުރި ގިނަ މަޝްރޫއުތައް އޮތީ ކުރިޔަށް ނުގޮސް: ތޯރިގް

މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވާރަމަންޓް އެންޑް އެނަރޖީ ތޯރިގް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީ ސަރުކާރުން ފެނަކައާއި ހަވާލުކޮށްފައި ހުރި ގިނަ މަޝްރޫއުތަކަށް ދީފައިވާ މުއްދަތަކަށް ނުނިމި، އެކި ފަހަރު މަތީން މުއްދަތު ދަންމާލާފައިވާކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވާރަމަންޓް އެންޑް އެނަރޖީ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

44 މިލިއަނަށް ކުރެވޭނެ މަސައްކަތެއްކަމަށް ބުނެ އެއަށް ވުރެ މާ ބޮޑު އަގެއްގައި ހަވާލު ކުރި މަޝްރޫއުތަކުގެ ދެބައިކުޅަ އެއްބައި މަސައްކަތާއި ހަމައަށް ވެސް ދައުރު ނިމުނުއިރު ދެވިފައި ނުވާކަމަށް ފާހަގަކޮށް އެ ސުވާލު ކުރެއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. ސަރުކާރުގެ ސަތޭކަ އިންސައްތަ ހިއްސާވާ އެ ކުންފުނީގެ މަސައްކަތް އެއްވެސް މިސްރާބެއް ނެތްގޮތަށް ކުރިޔަށް ގެންގޮސްފައިވުމުގެ ޒިންމާ ކުރީގެ އެންވައިރޮމެންޓް މިނިސްޓަރ ނަންގަވަން ޖެހޭނެތޯ ރިފާއު ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި މިނިސްޓަރ ވިދާޅުވީ ފެނަކައިން އެގޮތަށް ކުރިޔަށް ގެންގޮސްފައި ހުރި އެނާޖީ ދާއިރާއާއި ގުޅުން ހުރި މަޝްރޫއުތައް ހުއްޓިފައި އޮތުމުގެ ޒިންމާ އޭނާ ނަންގަވަން ޖެހޭނެކަމަށް ގަބޫލު ނުކުރެވޭކަމަށެވެ. އަދި ކުރީގައި އެކަން ކުރިޔަށް ގެންދިއުމުގައި، ބެއްލެވި އުސޫލުތައް އެނގިވަޑައިގަންނަވާނީ އެމްޑީޕީގެ ސަރުކާރުގައި އެ މިނިސްޓްރީއާއި ހަވާލުވެ ހުންނެވި ވަޒީރަށްކަމަށް ތޯރިގް ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ އެންވައިރޮމެންޓް މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނެނީ ސްޓެލްކޯއާއި، ފެނަކަ، އެމްޑަބްލިއުއެސްސީގެ އިތުރުން ވެމްކޯކަމަށެވެ. މި ކުންފުނިތަކުގެ އެތެރޭގައި މަސައްކަތް ކުރެވެމުން ދާގޮތް ދުވަހުން ދުވަހަށް، ބަލައި ގަވައިދުން މޮނީޓަރ ކުރެވޭކަމަށް ތޯރިގް ވިދާޅުވި އެވެ.

އަޅުގަނޑަކަށް ނޭނގެ ކުރީގެ ސަރުކާރުން، ނުވަތަ ކުރީގެ މިނިސްޓަރުން އެކަންކަން ކުރެއްވި ގޮތެއް.. އަޅުގަނޑު ގަބޫލު ކުރާގޮތުން ސަރުކާރު ހިންގާ ކުންފުނިތައް ތަންކޮޅެއް ގާތުން، އެބޭފުޅުންނަށް ތަންކޮޅެއް ގާތުން ޑައިރެކްޝަނެއް އެހީތެރިކަމެއް ދެވުނު ނަމަ އެ ކުންފުނިތައް އެ ހާލަތުގައި ނޯންނާނެއޭ އަޅުގަނޑު ދަންނަވާނީ..

މިނިސްޓަރ ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ކުންފުނިތަކުގެ މަސައްކަތްތައް އިތުރަށް ރަނގަޅުކޮށް ހަރުދަނާ ކުރެވިގެން ދާނެކަމަށެވެ.

މިއަދުގެ ޖަލްސާގައި ތޯރިގު ވިދާޅުވީ ރާއްޖޭގެ އެކި ރަށްތަކުގައި ވަރަށް ގިނަ ޕްރޮޖެކްޓުތައް ފެނަކައާއި ހަވާލުކޮށް ކުރިޔަށް ނުގޮސް މަޑުޖެހިފައި އެބަހުރިކަމަށެވެ. ބައެއް ރަށްތަކުގައި މިދިޔަ ސަރުކާރުގައި އެ ކުންފުނިން މަސައްކަތްތައް ކުރިޔަށް ގެންގޮސްފައި ވަނީ ތޯރިގު ވިދާޅުވި ގޮތުގައި އެއްވެސް މިންވަރަކަށް ސަބްސިޑައިޒް ކުރެވިގެން ނޫނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތޯރިގު ހާޒިރުވުމުން، އަނެއްކާވެސް ގިނަ މެމްބަރުން ސުވާލުކޮށް ވާހަކަ ދައްކަވާފައި ވަނީ ފެނަކައާއި ގުޅޭގޮތުންނެވެ. އެގޮތުން އެ ކުންފުނިން އެ ދާއިރާތަކުގައި ކުރިޔަށް ގެންދާ ގިނަ މަޝްރޫއުތައް މިދިޔަ ސަރުކާރުގައި ކުރިޔަށް ނުގޮސް އޮތުމުގެ ޝަކުވާ މެމްބަރުން ވަނީ ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: