ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދަދު މަދުކުރަން ރައްޔިތުން އެދޭ، ތިން ކައުންސިލަރުންނަށް ރަށް މެނޭޖުވާނެ: ފަލާހު

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުދި އާބާދީތަކުގައި ކައުންސިލަރުންގެ އަދަދު މަދުކުރަން ދިވެހި ރައްޔިތުން ވަރަށް ބޮޑަ ބޭނުންވާކަމަށާއި ތިން ކައުންސިލަރުންނަށް ކުދި ރަށްތައް މެނޭޖުކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފާލާހު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު ފަލާހު ވިދާޅުވީ، ކައުންސިލު ގޮނޑިތައް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވަންޖެހޭކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ. ފަލާހު ވިދާޅުވީ، އާންމު ގޮތެއްގައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ފަސް ކައުންސިލަރުން ތިބޭކަމަށެވެ. އެގޮތުން 100 މީހުން ތިއްބަސް 5 ކައުންސިލަރުން ތިއްބަވާކަމަށާއި 500 މީހުން ދިރިއުޅުނަސް ފަސް ކައުންސިލަރުން ތިބޭކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ގެނެވޭ އިސްލާހަކީ ވަރަށް މުހިންމު އިސްލާހެއްކަމަށެވެ. އެހެންނަމަވެސް އަދިވެސް ކޮމެޓީ މަރުހަލާގައި ރަނގަޅުކޮށްލަންޖެހޭކަންކަން ހުރިކަމަށް ދެކިވަޑައިގަންނަވާކަމަށާއި ފަސް ކައުންސިލަރުންގެ ތެރެއިން އެކަކު އިސްތިއުފާ ދީގެން 183 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވާ ގޮތަށް އިސްލާހުގައި ބަޔާންކޮށްފައި އޮތް އޮތުން އެއަށްވުރެވެސް ރަނގަޅުކޮށްލަން އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ތާއީދުކުރައްވަނީ ކޯރަމް ހަމަވާނަމަ އެގޮތަށް އިންތިހާބު ނުބާއްވަންކަމަށެވެ. ފަލާހު ވިދާޅުވީ ފަސް މީހުން ތިބޭ ކައުންސިލުތަކުގައި ތިން ކައުންސިލަރުން ތިބުމުން ކޯރަމް ހަމަވާނެކަމަށާއި އެ އަދަދުގައި ޖަލްސާތައް ބޭއްވޭނެކަމަށްވެސް ވިދާޅުވިއެވެ.

ކައުންސިލަރުންގެ އަދަދުތައް އިތުރުކޮށްފައިވަނީ އެމްޑީޕީގެ މެޖޯރިޓީ މަޖިލީހަކުންކަަމަށް އަލިއަޅުއްވައި ފަލާހު ވިދާޅުވީ، ހަގީގަތުގައި ކަންކަން ރަނގަޅުވާނީ އެ ޕާޓީއަށް ވެރިކަން ނުދިނުމުންކަމަށެވެ.  އެގޮތުން ޕީއެންސީއިން މިހާރު އިސްލާހެއް ގެނައުމުން އެ ޕާޓީއަށް ވެރިކަން ލިބުމުން އަނެއްކާ ބަދަލުކުރާނެކަމަށާއި އެ ޕާޓީއަކީ ރައްޔިތުންނަށް މަންފާއެއް ލިއްބައިދިނުމުގެ ނިޔަތެއް އޮތް ބައެއް ނޫންކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ،  ފަސް ކައުންސިލަރުން ތިބޭ ރަށްތަކުން އެކަކު އިސްތިއުފާ ދިނުމުން ކޯރަމް ހަމަވާނަމަ އިންތިހާބެއް ނުބާއްވަން ތާއިދުކުރައްވާކަަމަށެވެ. ފަލާހު ވިދާޅުވީ، އެހެންނަ،ަވެސް ދެ ކައުންސިލަރުންނަށް އަދަދު މަދުވެއްޖެ ހާލަތެއްގައި 60 ދުވަހުގެ ތެރޭގައި އިންތިހާބެއް ބޭއްވުމަށް ތާއީދުކުރައްވާކަމަށާއި ތިން ކައުންސިލަރުން ތިބި ނަމަވެސް އަލުން އިންތިހާބެއް ނުބާއްވަން ތާއީދުކުރާކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ތިން ކައުންސިލަރުން ތިބެގެންވެސް މަސައްކަތްތައް ކުރިއަށް ގެންދެވޭނެކަމަށާއި ހަގީގަތުގައި ތިން ކައުންސިލަރުން ތިއްބަވައިގެން ކުދި ރަށްތައް މެނޭޖުކުރެވޭނެކަމަށް ވިދާޅުވިއެވެ. ފަލާހު ވިދާޅުވީ، ކޮންމެ ކައުންސިލެއްގައިވެސް އެ މީހުންގެ ދަށުން މަސައްކަތްކުރާނެ ގިނަ އަދަދެއްގެ އިދާރީ މުއައްޒަފުން ތިބޭނެކަމަށެވެ. އަދި އެ މީހުންނަކީ ހަމައެކަނި ސިޔާސަތުތައް ކަނޑައަޅައި މައި ސަރުކާރަށް ލަފާ ދިނުމުގެ ޒިންމާ އަދާކުރާ ބައެއްކަމަށްވުން ތިން ކައުންސިލަރުން ތިބެގެން މަސައްކަތްތައް ކުރިއަށް ގެންދަން ދަތި ނުވާނެކަމަށް މައުލޫމާތު ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: