ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާނާތުގެ ތަހުގީގަށް ބޭނުން ވަނީ މިނިވަން ކޮމިޝަނެއް، މި ސަރުކާރަށް މައްސަލަ ބަލަން ނުކެރޭނެ: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލަ ބަލައި ތަހުގީގު ކުރަން މި ސަރުކާރަށް ނުކެރޭނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މި ސަރުކާރަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލައި، ފިޔަވަޅު އަޅަން ނުކެރޭނެކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެސެޓް ރިކަވަރީ ގާނޫނެއް ގެންނަވައި ދައުލަތަށް ގެއްލިފައި ހުރި ފައިސާ ހޯއްދަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިނިވަން ދުވަހުގެ ޖަލްސާގައި ދެއްކެވި ވާހަކައިގެ ރައްދުގަ އެވެ. އެމްއެމްޕީއާރުސީ މައްސަލަ ހިމެނޭހެން ދައުލަތަށް ގެއްލުންވާ ގޮތަށް، ހިޔާނާތް ހިންގާފައި ހުރި މީހުންގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެކަމަށް އެެރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.

ކުރީ ސަރުކާރުތަކުން ހިޔާނާތުގެ މައްސަލަ ބަލަން ފަސް ޖެހުނު ނަމަވެސް، އެމަނިކުފާނު ބިރުގަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އޭގެ ސަބަބަކީ އެމަނިކުފާނުގެ އެއްވެސް ބައިވެރިވުމެއް، ހިޔާނާތުގައި ނެތުމުގެ ސަބަބުންކަމަށާއި ދައުލަތުގެ އެންމެ ފައިސާއެއް ދުވަހަކު ވެސް ހޯދާފައި ނޯންނާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެހެންވީމާ، އަޅުގަނޑު ބިރުގަންނަންޖެހޭ އެއްވެސް ކަމެއް ނެތެއްނޫންތޯ. އެކަން ކުރާނަން. އެމް.އެމް.ޕީ.އާރު.ސީ.ގެ ފައިސާ ހޯދުމަށް ޚާއްޞަކޮށް، އަދި ޖުމުލަކޮށް ފައިސާ ހޯދުމުގައި، އެސެޓް ރިކަވަރީ ޤާނޫނެއް ތަޢާރުފްކުރާނަން އިރާދަކުރެއްވިއްޔާ. އެކަމުގެ މަސައްކަތް އެދަނީ ކުރެވެމުން.

ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި އެކަމަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަސްލު ސިފަ އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ބޭފުޅުންގެ އަމަލުތަކުގެ ވާހަކަތަކަކީ، ދައްކައި ހުސް ނުވާނެ ވާހަކަތައްކަމަށާއި ހިޔާނާތުގެ މައްސަލައިގެ ތަހުގީގުގެ ވާހަކައާއި އެކު އެރޭ ޖަލްސާގައި ތިއްބެވި އެތައް ބައެއްގެ މޫނުމަތީ ކުރަލަވަރު ބަދަލުވެ އުދާސްވިކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ހިޔާނާތް ހިންގުމުގެ މުގުލުގައި ހުންނެވި، އެމަނިކުފާނުގެ ސަރުކާރުގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދފުލްޣަފޫރު މެދުވެރިކޮށް ތަހުގީގަށް ލިބުނު މައުލޫމާތުތަކުން އެކުލަވާލި ނަން ލިސްޓު އާންމު ކުރަން ވެސް ސަރުކާރުން ފަސް ޖެހޭނެކަމަށެވެ. އެ ލިސްޓު ފުލުހުންނަށް އަންގައިގެން އާންމު ކުރުމަށް ގޮވާލައި ރައީސް ޔާމީން ވިދާޅުވީ ހިޔާނާތުގެ ބައިވެރިންގެ ނަންތައް ފޮރުވައިގެން ގެންގުޅެން އެއްވެސް ގާނޫނީ ބުރަދަނެއް ހުރި އަސާސެއް ނެތްކަމަށެވެ.

ގެއްލިގެން އުޅެނީ ރައްޔިތުންގެ ފައިސާކަމަށް ވާތީ، އެ ލިސްޓު ފުލުހުން އެއްވެސް ލަސް ކުރުމެއް ނެތި އާންމުކޮށް އެހާ ހިސާބުން ތަހުގީގު ފެށުމަށް ރައީސް ޔާމީން ގޮވާލި އެވެ. އެކަމަކު، އެގޮތަށް އަމަލު ކުރަން ސަރުކާރަށް ނުކެރޭނީ ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ހުދު ރައީސަކީ ވެސް އެ ތުހުމަތު އޮތް ބޭފުޅަކަށްވުމެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި އަބްދުއްރަހީމްގެ މައްސަލައެއް ބަލާނެ ގޮތަކާއި މެދު ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ.

ރައީސް ކެރޭނެތޯ އަބްދުއްރަހީމްގެ މި ހުރި މައްސަލަތައް ބަލަން… ނުކުރޭނެ… ރައީސް މުއިއްޒަކަށް ނުކެރޭނެ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބަލާކަށް

އެމްއެމްޕީއާރުސީގެ މައްސަލަ އިންސާފުވެރިކަމާއި އެކު ތަހުގީގު ކުރެވޭނީ، ރައީސް ޔާމީން ވިދާޅުވި ގޮތުން މިނިވަން ކޮމިޝަނެއް އުފައްދައިގެނެވެ. އެތަނުގައި ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ މެމްބަރުންނަށް ވުރެ ބޮޑަށް އިސްކަން ދޭން ވާނީ އެހެން ބަޔަކު ހިމެނުމަށްކަމުގައި ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ވެރިކަމެއްގެ ތެރޭގައި ޝާމިލުވާ ބައެއްގެ މައްސަލައެއް އެ ސަރުކާރެއްގެ މުވައްސަސާތަކުން ވެސް ތަހުގީގު ނުކުރާނެކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓިއެއް އޮއްވައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ފުލުހުން މައްސަލަ ބަލައި ފިޔަވަޅު އަޅާނެކަމަށް ގަބޫލު ނުކުރެވޭކަމަށް ވެސް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ ހިޔާނާތުގެ ހުކުމެއް އައި އަދީބު ކުރީ ސަރުކާރުން މިނިވަން ކުރުމުން އެކަމަށް ވެސް ފާޑުވިދާޅުވެފަ އެވެ. ރައީސް ޔާމީން ވިދާޅުވީ އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތު ރާއްޖެއިން ބޭރުގައި ތިއްބައި އެ މައްސަލަ އިތުރަށް ދެން ބެލޭނެ ގޮތެއް ނެތްކަމަށެވެ. އެއީ އެ މައްސަލަ ބަލަން ފަށާ ހާލަތެއްގައި، އަދީބު އެނބުރި ރާއްޖެ ވަޑައިނުގަންނަވާނެތީކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: