ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮގަސްޓު މަހު އައްޑޫގެ ކަރަންޓުގެ މައްސަލައަށް ކުރު ރާސްތާގެ ހައްލެއް ގެނެވޭނެ: ތޯރިގު

އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އަންނަ އޮގަސްޓުމަހު 1.5 މެގަވޯޓުގެ އާ ޖަނަރޭޓަރެއް އައްޑޫގައި ބަހައްޓާނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އައްޑޫ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައާއި ގުޅިގެން މިއަދުގެ މަޖިލީހުގައި މިނިސްޓަރާއި ސުވާލު ކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ. ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ތޯރިގު ވިދާޅުވީ މި މައްސަލަ ދިމާވަނީ ތަދޫ ޕަވާސްޓޭޝަންގެ އެއްވެސް މަރާމާތެއް ނުވަތަ އަޕްގްރޭޑެއް ގެނެސްފައި ނުވާތީކަމަށެވެ. އަދި ވިދާޅުވީ އިންޖީނުގެޔަށް ބޭނުންވާ ޖަނަރޭޓަރުތައްވެސް ނުގެނެވި ކަރަންޓުގެ ނިޒާމު ފުނޑިފައިވާކަމަށެވެ. އާ އިންޖީނުގޭގެ މަސައްކަތް ފަށާފައި އޮތް ނަމަވެސް، ކުރިއަށް ނުދާކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މިހާރު މި ސަރުކާރުން އެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ.

12 މެގަވޯޓުގެ ކަރަންޓު އައްޑޫ ސިޓީއަށް ބޭނުންވާކަމަށާއި، އެ ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ބަހައްޓާފައިވަނީ 20 ޖަނެރޭޓަރުކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މި ޖަނަރޭޓަރުތަކުގެ ޖުމްލަ ކެޕޭސިޓީއަކީ 26.8 މެގަވޯޓުކަމަށެވެ. މީގެ ތެރެއިން 5 ޖަނަރޭޓަރު މިހާރު ހަލާކުވެފައިވާކަމަށާއި، އެހެންކަމުން މިހާރު ބޭނުންކުރާ ޖަނަރޭޓަރުތަކުން އުފައްދަނީ 15 މެގަވޯޓުގެ ކަރަންޓުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މައްސަލައަށް ހައްލު ހޯދުމަށް ފެނަކަ ކޯޕަރޭޝަނުން 1.5 މެގަވޯޓުގެ އާ ޖަނަރޭޓަރެއް ގަނެފައިވާކަމަށާއި، އޮގަސްޓު މަހުގެ ތެރޭގައި މި ޖަނެރޭޓަރު ބަހައްޓާނެކަމަށް ވިދާޅުވިއެވެ. އަދި އިތުރު 3 ޖަނަރޭޓަރަށް ބޭނުންވާ ސްޕެއާޕާޓްސްވެސް ހަމަޖައްސާފައިވާކަމަށާއި، މި ޖަނެރޭޓަރުތައްވެސް އޮގަސްޓު މަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހަލާކުވެފައިވާ 2 ޖަނަރޭޓަރު އޯވާހޯލްކޮށް، އޮޕަރޭޝަނަލައިޒް ކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ކުރާނެކަމަށެވެ.

މިއަށްފަހު އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ކުރު ރާސްތާ ހައްލެއް ލިބިގެންދާނެ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: