އެއްގައުމަކުން ބިދޭސީން އެންމެ ގިނައިން ގެނެވޭނެ އަދަދު ކަނޑައެޅުމުގެ ބާރުސަރުކާރަށް ލިބޭ ގޮތަށް ގާނޫނަށް ބަދަލު ގެނައި ނަމަވެސް، ބިދޭސީންގެލިމިޓް ސަރުކާރުން އެއްކޮށް އުވައިނުލާނެ ކަމަށް ދާޚިލީ ސަލާމަތާފަންނިއްޔަތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ ބިދޭސީންގެ ލިމިޓް ކަނޑައަޅާނީ ރާއްޖޭގެ ހާލަތަށް ބެލުމަށް ފަހުގައި ކަމަށެވެ.
ގައުމުގެތަރައްގީގެ ނަޒަރުން ބަލާއިރު ބިދޭސީން ގެންނަން އޮންނަ ޑިމާންޑަށް އެކިދުވަސްވަރު ބަދަލު އަންނަކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ މި ވަގުތުތަރައްގީ ކުރަމުން އަންނަ ރަސްމާލެ އާއި ގުޅިފަޅާއި ތިލަފުށި އަދިއުތުރުތިލަފަޅު ހިއްކައިނިމި، މަސައްކަތްތައް ފެށުމުން ކޮންސްޓްރަކްޝަންދާއިރާއަށް ބިދޭސީން ގެނައުމަށް އާދަޔާ ހިލާފު ޑިމާންޑެއް އަންނާނެ ކަމަށްވިދާޅުވެފައެވެ.
އޭގެއިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުންޓޫރިޒަމަށް ލިބޭ ކުރިއެރުމާ އެކު، ނުހެދި ހުރި ރިސޯޓުތައް ނިންމުމާއިއަލަށް އެފަދަ ތަންތަން ހެދުމަކީ ވެސް ބިދޭސީން ގެނައުމަށް ޑިމާންޑު ބޮޑުވާކަންތައްތަކެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރުވިދާޅުވީ ދިވެހީންގެ ތެރޭގައި ލޭބަރުންގެ ބޮޑު ފޯސް އެއް ނެތުމުންތަރައްގީގެ މަސައްކަތްތަކަށް ބިދޭސީން ގެންނަން ޖެހޭ ކަމަށެވެ. އެގޮތަށްގެނައި ނަމަވެސް، ކަންބޮޑުވާން ޖެހެނީ ބިދޭސީންގެ އަދަދު އިތުރުވުމަށް ވުރެގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު އިތުރުވެދާނެތީ ކަމަށް އޭނާވިދާޅުވި އެވެ. އަދި ބިދޭސީންނަށް މަސައްކަތް ކުރެވޭ ދާއިރާތައްއިތުރުވުމަށް ވުރެ އެ މީހުންނަށް ހުއްދަ ނޯންނަ ދާއިރާތަކަށް ވަދެވިޔަފާރިކުރުމުގެ ކަންބޮޑުވުން އޮންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދައުލަތުންބަދަލުކުރާ ސްޓޭންޑަކީ، ގާނޫނުގައި އޮންނަ ރިސްޓްރެކްޝަނެއްބަދަލުކުރެވޭނީ ވަރަށް މަސައްކަތުން. އޭގެ ބަދަލުގައި ސަރުކާރުން ނަގާޑިސިޝަނަކަށް، އޭރަކު އޮންނަ އޮންނަ ލޭބަ ޑިމާންޑަކަށް ބަލާފައި އަދިވެސްލިމިޓްތައް އޮންނާނެ. އެއީ 100،000 ތޯ ނުވަތަ 110،000 ތޯ ނުވަތަ 120،000 ތޯއެ އިރެއްގައި އޮންނަ ޑިމާންޑަށް ބަލާފައި ނިންމާނެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރު ކަނޑައަޅާފައިވާ 100،000 މީހުންގެ ލިމިޓްރަނގަޅުތޯ ނުވަތަ ނޫންކަން އެނގޭނީ ރާއްޖޭގައި މިހާރު ތިބި ބިދޭސީން ގާނޫނީއިމުގެ ތެރެއަށް ވެއްދުމަށް ފަހުއެވެ.

