ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގެ އެކްސިޑެންޓަށް ފަހު ފިލި މީހާ ފުލުހުން ހައްޔަރުކޮށްފި

ޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި: ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި، ރޭސް ކާރެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް އާންމު މީހެއްގެ ގައިގައި ޖެހި ހިނގި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފި އެވެ.

ހުޅުމާލޭގެ ފޭސް ދޭއް ސަރަހައްދުގައި އެ އެކްސިޑެންޓު ހިނގާފައި ވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގަ އެވެ. މި އެކްސިޑެންޓުގެ ސިސީޓިވީ ވީޑިއޯއެއް އާންމިވިއިރު އޭގެއިން ފެންނަ ގޮތުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރު ގޮސް ޖެހެނީ މަގުގެ އެއް ފަރާތެއްގައި މަޑުކޮށްގެން އިން ސައިކަލެއްގަ އެވެ. އެކްސިޑެންޓުވެ، ސައިކަލުގައި އިން މީހާ ވިއްސައިގެން ދާތަން އެ ވީޑިއޯގައި ފެނެ އެވެ.

މި އެކްސިޑެންޓުގައި ސައިކަލުގައި އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. އަދި ކާރު ދުއްވަންއިން މީހާ ވަނީ އެކްސިޑެންޓަށް ފަހު ފިލާފަ އެވެ.

މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މި އެކްސިޑެންޓުގެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 25 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: