ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގެ އެކްސިޑެންޓު މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

ކާރު އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރި ތިން މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓަށް ފަހު އެ ސަރަހައްދު ދޫކޮށް ފިލި މީހުން ހައްޔަރުކޮށް ވަނަވަރު އާންމުކޮށްފި އެވެ.

މި މައްސަލައިގައި ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ހ. ނޫރަންމާގޭ، އިކްރާމުއްރަހްމާނާއި މ. ލޭންޑްއޮފްގާޑަން، އިބްރާހިމް އިކްރާމްގެ އިތުރުން ގއ. ކަނޑުހުޅުދޫ، އާޒާދުގޭ ޖިނާހް އިސްމާއީލެވެ.

ތަފާތު އެކި މައްސަލަތަކުގައި ހައްޔަރު ކުރާ މީހުންގެ ވަނަވަރު އާންމު ކުރުން ކޮންމެވެސް ވަރަކަށް މަޑުޖެހިފައި އޮތް ނަމަވެސް އެކްސިޑެންޓަށް ފަހު ފިލި މީހުން ހައްޔަރުކޮށް ވަނަވަރު އާންމު ކުރީ އެ ހާދިސާއަށް ބޮޑު ސަމާލުކަމެއް ލިބުމުންކަމަށް ބެލެވެ އެވެ.

އެކްސިޑެންޓުގައި އަނިޔާވި، މީހާގެ ހާލު މިހާރު ސްޓޭބަލް ނަމަވެސް އާންމުވެފައިވާ ވީޑިއޯގައި ފެންނަ ގޮތުން ރޭސިން ކާރު ބާރު ސްޕީޑުގައި އައިސް އޭނާގެ ސައިކަލުގައި ޖެހުމުން ވިއްސައިގެން ދަނީ ކާރުގެ މަތީންނެވެ.

އެއަށް ފަހު ދެން އާންމުވި އެހެން ވީޑިއޯއެއްގައި، ތިން މީހަކު ކާރުން ފައިބައި އެ ސަރަހައްދު ދޫކޮށް ދާތަން ފެނެއެވެ. އޭގެ ތެރެއިން އެކަކު އެކްސިޑެންޓުގައި އަނިޔާވި މީހާ ކައިރިއަށް ދިއުމަށް ފަހު، އެތަނުން ދަނީ އެ ސަރަހައްދަށް ސައިކަލުގައި އައި ބައެއްގެ ފަހަތުގަ އެވެ.

މި މައްސަލައިގައި ހިމެނޭ ކާރުގެ ދައުރުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުން، އެ ކާރު ރެޖިސްޓްރީކޮށްފައި ވަނީ ބީ ޒޯނަށެވެ. ބީ ޒޯނަކީ މާލެ ސަރަހައްދެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: