ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަޝިއާއާ ދެކޮޅަށް ދިފާޢު ވަރުގަދަކުރުމަށް އެފް-16 ހަނގުރާމަ ޖެޓް މަތިންދާބޯޓުތައް ޔުކްރެއިންގައި ޖައްސައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިއާއާ ދެކޮޅަށް ދިފާޢު ވަރުގަދަކުރުމަށް އެފް-16 ހަނގުރާމަ ޖެޓް މަތިންދާބޯޓުތައް ޔުކްރެއިންގައި ޖައްސާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

ގިނަ ދުވަހު އިންތިޒާރުކުރެވުނު އެފް-16 ޖެޓް މަތިންދާބޯޓުތަކުގެ ފުރަތަމަ ބެޗް ޔުކްރެއިނަށް ވަނީ ލިބިފައިވާ ކަމަށް ލިތުއޭނިއާގެ ބޭރު ވަޒީރާއި އެމެރިކާގެ އޮފިޝަލަކު ވަނީ ބުނެފައެވެ.

ލޮކްހީޑް މާޓިން އިން އުފައްދާ އެފް-16 މަތިންދާބޯޓުތައް ހޯދުމަށް ޔުކްރެއިން ވަނީ ވަރަށް ބޮޑަށް ޝައުޤުވެރިވެފައެވެ. އެއީ އޭގެ ވިނާޝްކަރީ ބާރާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލިބެން ހުރުމުގެ ސަބަބުންނެވެ. މި ފައިޓަރ ޖެޓުގައި 20 އެމްއެމްގެ ބޮޑުބަޑިއެއް ހަރުކުރެވިފައިވާ އިރު، ބޮންތަކާއި ރޮކެޓްތަކާއި މިސައިލްތައްވެސް އުފުލޭނެއެވެ.

”ޔުކްރެއިންގައި އެފް-16 ޖެޓް. ކުރިން ނުކުރެވޭނެ ކަމަށް ހީކުރެވުނު އަނެއް ކަމެއް މިހާރު ވަނީ ފުރިހަމައަށް ވެފައި،“  ލިތުއޭނިއާގެ ޚާރިޖީ ވަޒީރު ގެބްރިއެލް ލެންޑްސްބަރގިސް ބުދަ ދުވަހު އެކްސްގައި ވިދާޅުވެފައިވެއެވެ.

”އަލްޖަޒީރާ“ އިން ރިޕޯޓކޮށްފައިވާ ގޮތުގައި ނަން ހާމަނުކުރުމުގެ ޝަރުތުގެ މަތިން ވާހަކަދެއްކެވި އެމެރިކާގެ އޮފިޝަލެއް ވިދާޅުވީ ޖެޓްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. ޔުކްރެއިން ސަރުކާރުން މިހާތަނަށް މި ޖެޓްތައް ލިބުނުކަން ކަށަވަރުކޮށްފައެއް ނުވެއެވެ.

ޔުކްރެއިނުން ވަނީ މަސްތަކެއް ވަންދެން އެފް-16 ޖެޓްތައް ހޯދުމަށް ހުޅަނގުގެ އެކުވެރިންނަށް ބާރުއަޅަމުން ގޮސްފައެވެ. އެމީހުން ބުނާ ގޮތުގައި މި ޖެޓްތަކަކީ ރަޝިއާއިން އެމީހުންނާ ދެކޮޅަށް ދޫކުރާ މިސައިލްތަކާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ވަރަށް މުހިންމު އެއްޗެކެވެ. ކުރިން ޔުކްރެއިނަށް ޒަމާނީ ހަތިޔާރު ދިނުމުން ރަޝިއާއާއެކު ކުރާ ހަނގުރާމަ އިތުރަށް ގޯސްވެދާނެކަމުގެ ކަންބޮޑުވުން އޮތް ނަމަވެސް، ހުޅަނގުގެ ޤައުމުތަކުން މިހާރު މި ޖެޓްތައް ދިނުމަށް ހުރި ހުރަސްތައް ނައްތާލަމުންދެއެވެ.

އެމެރިކާއިން ވަނީ ޔުކްރެއިންގެ ޕައިލެޓުންނަށް މި ޖެޓްތައް ދުއްވަން ދަސްކޮށްދޭން ފަށާފައެވެ. އަދި ފުރަތަމަ ގްރޫޕްގެ ޕައިލެޓުން މިހާރު ވަނީ މި ތަމްރީނު ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: